ކޯވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ޚާއްސަ ފިޔަވަޅުތައް އިތުރު 7 ދުވަހަށް އިތުރުކޮށްފިއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 1( އެކެއް( ހަފުތާގެ މުއްދަތަށް ޑިރެކްޓަރ ޖެނެރަލް އަންގައިފައިވާ، ހެލްތު ޕްރޮޓެކްޝަން
އެޖެންސީގެ ނަންބަރު 46/2021 ގެ އެންގުމު ގައިވާ ކޯވިޑް-19 އިން ރައްކައުތެރި ވުމަށް މާލެ ސަރަޙައްދުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް އެންގި އެންގުމުގެ މުއްދަތު، 20121 މޭ 19 ވަނަ ދުވަހުން ފެށިގެން 7( ހަތެއް( ދުވަހުގެ މުއްދަތަށް އިތުރު ކުރުމަށް ނިންމައި، އެ މުއްދަތު ނިމޭ ތާރީޚަކީ 2021 މޭ 25 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ކަ ނޑައަޅާފައިވާކަމަށެވެ.
މިމަހުގެ 3 ވަނަ ދުވަހު އެޗް.ޕީ.އޭއިން ނެރުނު އެންގުމުގައި މި ބަލިން ރައްކާތެރިވުމަށް މައިގަނޑު 7 ފިޔަވަޅެއް ވަނީ އަޅާފައެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ކޯވިޑްގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ދަތުރުކުރުމުގައި ދިން ލުއިތައްވަނީ މެދުކަނޑާލާފައެވެ. މީގެއިތުރުން މާލޭ ސަރަހައްދުގެ ޕާކުތަކާއި މައިޒާންތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ޓްރެކްތައް ބަންދުކުރުން ހިމެނެއެވެ. އަދި ހުއްދައާއެކު ޒަރޫރީ ބޭނުންތާކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުުމާއި މާލެއިން ރަށްރަށަށް ދަތުރުކުރާ މީހުން، 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުންވެސް ހިމެނެއެވެ.
ރޭގަނޑު 09:00 އިން ފަތިހު 04:00 އަށް މާލޭ ސަރަހައްދުގައި ބޭރަށް ނުކުތުން މަނާކޮށްފައި އޮތް އޮތުންވެސް ވަނީ އިތުރު 14 ދުވަހަށް ދަންމާލާފައެވެ. އެހެންނަމަވެސް ކޯވިޑް ކޭސްތައް ފެންނަމުންދާ މިންވަރު މަދުނުވުމުން މި ނިންމުމަށް ފިތުރު އީދު ދުވަހުން ފެށިގެންވަނީ ބަދަލު ގެނެސްފައެވެ. އެ ބަދަލާއި އެކު މިހާރު ހަވީރު 04:00 ފަތިހު 04:00އަށް މާލޭ ސަރަހައްދުގައި ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ޖަމާއަތުގައި ނަމާދުކުރުންވެސް ހަފްތާއަކަށް ވަނީ މެދުކަނޑާލާފައެވެ.
ކޯވިޑާއި ގުޅިގެން ހަރުދަނާ އެހެން ފިޔަވަޅުތަކުގެ ތެރޭގައި މާލޭ ސަރަހަދުގައި ސަރުކާރު އޮފީސްތައް އިތުރު އެއް ހަފްތާއަށް ބަންދުކުރުމާއި މާލޭ ސަރަހައްދުގެ ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވާދިނުވެސް ހިމެނެއެވެ. މީގެއިތުރުން 13 މެއި އިން ފެށިގެން ދެކުނު އޭޝިޔާގެ ޤައުމުތަކުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުންވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
ކޮމެންޓު ފޮނުވާ