މި ސަރުކާރު ވެރިކަމަށް އައީ ރެކޯޑް މިންވަރަށް ދޮގު އިލްޒާމު އަޅުވައި، ނަފްރަތު އުފައްދައިން: ސައީދު

މި ސަރުކާރު ވެރިކަމަށް އައީ ރެކޯޑް މިންވަރަށް ދޮގު އިލްޒާމު އަޅުވައި، ނަފްރަތު އުފައްދައިން: ސައީދު

Author
މުޙައްމަދު ޝަޒައިމް
18 މެއި 2021 01:18
0

މި ސަރުކާރު ވެރިކަމަށް އައީ ރެކޯޑް މިންވަރަށް ދޮގު އިލްޒާމު އަޅުވައި، ނަފްރަތު އުފައްދައިގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައިވަނީ ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމުގެ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ނިންމައި އެމަޝްވަރާތައް ކުރެވެމުންދާކަން ބަންޑާރަ ނައިބް ހާމަކުރުމާއި ގުޅިގެންނެވެ.

ސައީދު ވިދާޅުވެފައިވަނީ ނަފްރަތަކީ އެންމެ ފުރަތަމަ މިސަރުކާރުން ވުޖޫދު ކުރުވި އެއްޗެއްކަމަށެވެ. ސަރުކާރުން ވެރިކަމަށް އައީވެސް ރައްޔިތުންނަށް އިންތިހާއަށް މަކަރާއި ދޮގާއި، ހީލަތް ހަދައިގެންކަމަށާއި، އެކަންކަމުގެ ތެރެއިން އުފެދުނު ސަރުކާރަކަށް މަކަރާއި ހީލަތަކީ ކޮބައިކަން ވަކިކުރެވޭނެ ގޮތެއް ނުވިސްނޭކަމަށެވެ. އަދި މިފަދަ ކަމެއް ކަނޑައެޅޭނެ ސަރުކާރުގެ މުއައްސަސާއެއް އަދި ވުޒާރާއެއްވެސް އޮތްތޯ ސައީދު ވަނީ ސުވާލު އުފައްވަދަވާފައެވެ.

މި ސަރުކާރު ވެރިކަމަށް އައީ ރެކޯޑް މިންވަރަށް ދޮގު އިލްޒާމު އަޅުވައި، ނަފްރަތު އުފައްދައިގެން. ތި ބިލް ވުޖޫދު ވުމުން ކުށްވެރިވާނީ ކޮންބައެއްތޯ؟ އަދި ނަފުރަތު ފެށި ނިމެނީ ކިހާ ހިސާބަކުންބާ؟ މިކަން ކަނޑަ އެޅޭނެ މިނިވަން މުއައްސަސާއެއް މިޤައުމުގައި އެބަ އޮތްބާ؟

– ސައީދު ވިދާޅުވިއެވެ.

ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއްކަމުގައި ކަނޑައެޅުމަށް ޚާއްސަ ބިލެއް އެކުލަވާލާފައިވަނީ ސޯޝަލް މީޑިޔާގައާއި، ތަފާތުއެކި ޕްލެޓްފޯމްތަކުގައި ނަފްރަތުއުފެދޭ ވާހަތައް ދެއްކުމުގެ ސަބަނުން ވަކިވަކި ފަރުދުންގެ ސަލާމަތަށް ނުރައްކާވުމާއި، އާންމު މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާގޮތަށް މުޖުތަމައުގައި އެކިހާދިސާތައް ހިނގަމުންދާތީއެވެ. ސަލާމަތީ ބާރުތަކުންވެސް ވަނީ މުޖުތަމައުގެ ސަލާމަތަށާއި، އާންމު ފަރުދުންގެ ސަލާމަތަށް ނުރައްކާވާގޮތަށް ވާހަކަދައްކައި، އެފަދަ އަމަލު ހިންގާ ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.