އަމީތާބް ފަންޑްރައިޒް ޕްރޮގްރާމްތައް ހިންގަން ލަދުގަނޭ

އަމީތާބް ފަންޑްރައިޒް ޕްރޮގްރާމްތައް ހިންގަން ލަދުގަނޭ

Author
ފާތިމަތު ނާވީ
19 މެއި 2021 07:11
0

ބޮލީވުޑްގެ މެގަ ސްޓަރ އަމީތާބް ބައްޗަން ގެންދަނީ އޭނާ ކޮވިޑް 19އާއި ދެކޮޅަށް ކުރާ ދީލަތި މަަސައްކަތުގެ އަޕްޑޭޓް ކޮންމެ ދުވަހަކު ވެސް ދެމުންނެވެ. އަދި މި ވާހަކަ ދައްކަމުން އޭނާ ފަންޑް ރައިޒިން ހަރަކާތެއް ބާއްވައިފައިނުވާ ސަބަބު ވެސް ވަނީ ހާމަކޮށްފަ އެވެ.

އަމީތާބް ބުނެފައިވަނީ އެފަދަ ހަރަކާތްތައް ބޭއްވުމަކީ އޭނާ ވަރަށް ލަދުގަންނަ ކަމެއް ކަމަށާއި އޭނާ ބޭނުންވަނީ އަމިއްލައަށް ދެވެން އޮތް ވަރެއް ދިނުމަށްކަމަށެވެ.

މީގެ އިތުރުން އެހީއަށް ބޭނުންވެފައި ވާ މީހުނަށް އެހީވެވުމުން ލިބޭ ހިތްހަމަޖެހުންވެސް އަމީތާބް ވަނީ ފާހަގަކޮށްފައެވެ.

ބައެއްކަހަލަ ފަންޑް ރައިޒިން ޕްރޮގްރާމްތަކުގެ އިޝްތިހާރު ތަކުން ފެނިފައި ހުރެދާނެ ކަމަށާއި އެހެންނަމަވެސް އޭނާ އަމިއްލައަކަށް އެއްވެސް މީހެއްގެ ފަރާތުން ފައިސާގެ އެހީތެރިކަމަށް އެދިފައިނުވާނެ ކަމަށް އަމީތާބް ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Amitabh Bachchan (@amitabhbachchan)

މީގެ އިތުރުން ބައެއް ފަންނާނުން ފަންޑް ރައިޒިން ކެމްޕޭން ކޮށްގެން ކޯވިޑް ރިލީފަށް ހަދިޔާކޮށްފައިވާ އަދަދަށް ވުރެން އޭނާ އަމިއްލައަށް ހަދިޔާ ކޮށްފައިވާ އަދަދު ބޮޑުކަމަށްވެސް އަމީތާބް ވަނީ ބުނެފައެވެ. އެގޮތުން އޭނާ ކޯވިޑް ރިލީފަށް ހަދިޔާ ކުރަން ހަމަޖައްސާފައިވަނީ 25 ކަރޯޑް އިންޑިއަން ރުޕީސް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.