ރިޔާސީ ލޯންޗުކޮޅު ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ ސަމާސާއަކަށް ހެދި މައްސަލާގައި އެމްޑީޕީން މަޢާފަށްއެދެންޖެހޭ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އަވަހާރަކޮށްލަން އޭރު ދިން ހަމަލާއާއި ގުޅިގެން އެމްޑީޕީގެ އިސްބޭފުޅުން ވަނީ އެހަމަލާއަށް ޖޯކު ޖަހައި އެއީ ރޭވުމެއްކަމަށް ބުނެ ވާހަކަ ދައްކަވާފައެވެ. އަދި މިއަދު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމައާއި ގުޅިގެން މިފަދަ އަމަލުތައް ހުއްޓުވުމަށް ގޮވާލައި އެމެމްބަރުންދަނީ ވަކާލާތު ކުރައްވަމުންނެވެ.
ރައީސް ޔާމިނަށް ދިން ހަމަލާއާއި ގުޅިގެން އެމްޑީޕީގެ އިސްބޭފުޅުންގެ ތެރޭގައި ހިމެނޭ ބައެއް ބޭފުޅުން އޭރު ކުރައްވާފައިވާ ޓްވީޓްތަކުގެ ސްކްރީން ޝޮޓްތަކާއިއެކު ޖަމީލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެދުވަހު ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލައި ރައީސް ޔާމީން މަރާލަން ދިން ހަމަލާއާއި ގުޅިގެން ދެއްކި ވާހަތަކަށް އެމްޑީޕީން މަޢާފަށް އެދެންޖެހޭ ކަމަށެވެ. އަދި މިއަދު ދިމާވެފައިވާ ހާދިސާގައި ރައީސް ނަޝީދަށްވެސް އިންސާފު ލިބެންޖެހޭކަމަށާއި، އެކަން ކުރެވޭނީ މިނިސްޓަރ މާރިޔާ އިސްތިއުފާ ދެއްވައިގެންކަމަށް ޖަމީލް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއަށް އިންޞާފް ލިބެންޖެހޭ. ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އިސްތިޢުފާދޭން އެންމެ ފުރަތަމަ ދުވަހުވެސް މިބުނަނީ އެހެންވެ. ރައީސް ޔާމީނަށް ދިން ހަމަލާ އީވާ އަބްދުﷲ އަށް ތިގޮތަށް ސިފަނުކުރެވުނީ ކީއްވެ؟ އެއީ ސަމާސާއަކަށް ހެދި ހެދުމަށް އެމްޑީޕީން މަޢާފަށް އެދެންޖެހޭ.
– ޑރ.ޖަމީލް ވިދާޅުވިއެވެ.
ރައީސް @MohamedNasheed އަށް ދިން ހަމަލާއަށް އިންޞާފް ލިބެންޖެހޭ. @MariyaDidi އިސްތިޢުފާދޭން އެންމެ ފުރަތަމަ ދުވަހުވެސް މިބުނަނީ އެހެންވެ. ރައީސް ޔާމީނަށް ދިން ހަމަލާ @evattey އަށް ތިގޮތަށް ސިފަނުކުރެވުނީ ކީއްވެ؟ އެއީ ސަމާސާއަކަށް ހެދި ހެދުމަށް އެމްޑީޕީން މަޢާފަށް އެދެންޖެހޭ. pic.twitter.com/ryxZJ7Vz9f
— Mohamed Jameel Ahmed (@MJameelAhmed) May 17, 2021
2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ ބެލުމަށް ރައީސް ޔާމީން އެކުލަވާލެއްވި ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ކޯޗެއާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، އެއީ ސީދާ ރައީސް ޔާމީން އަވާހަރަކޮށްލަންދީފައިވާ ހަމަލާއެއް ކަމަށެވެ.
ރައީސް ޔާމީންއަށް އަމާޒުކޮށް ދެވުނު މިހަމަލާއާއި ގުޅިގެން ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުމުގެ މައްޗަށް ކުށް ސާބިތުވެ ޖަލަށްވެސް ހުކުމްކޮށްފައިވެއެވެ. ނަމަވެސް ފަހުން ވަނީ އެހުމްވެސް ހިމެނޭހެން އަދީބުގެ މައްޗަށްކުރި ހުރިހާ ހުކުމެއް ބާތިލް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ