ފަލަސްޠީނުގެ ޣައްޒާގައި ދިވެހިރާއްޖެއަށް ނިޞްބަތްކޮށްގެން ހިންގަމުންދާ މޯލްޑިވް ޣައްޒާ ރެސްޓޯރަންޓަށް އިސްރާއީލުން ދިން ޙަމަލާއެއްގައި ބިމާހަމަވެއްޖެއެވެ.
ގާޒާއިން ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާއީލަށް އަމާޒުކޮށް އެތައް ސަތޭކަ ރޮކެޓެއް އުދައްސަމުން ދާއިރު، އިސްރާއީލުންދަނީ މެދުނުކެޑި ގާޒާ ސިޓީއަށް މިސައިލް ހަމަލާތައް ދެމުންނެވެ.
މެޑިޓެރޭނިޔަން ކަނޑަށްވާގޮތަށް ހުންނަ ތިން ފަންގިފިލައިގެ އެ ރެސްޓޯރެންޓަށް ޙަމަލާ ދީފައިވަނީ ޣައްޒާގެ ގޮނޑުދޮށުގައި ހުރި އިމާރާތްތައް މެއި މަހުގެ 17ވަނަ ދުވަހު އިސްރާއީލުން ދިން ޢުދުވާނީ ޙަމަލާތަކުގައެވެ. އެ ރެސްޓޯރަންޓުގެ އިތުރުން އެ ސަރަޙައްދުގައި ހުރި ގިނަ ޢަދަދެއްގެ އިމަރާތްތަކަށް ޙަމަލާތައް އަމާޒުވެފައިވެއެވެ. މޯލްޑިވް ޣައްޒާއަކީ އެ ސަރަޙައްދުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން ހިތްހަމަޖައްސާލުމަށް ދެވެންއޮންނަ މަދު ތަންތަނުގައި ހިމެނޭ ރެސްޓޯރަންޓެކެވެ.
Zionist air strikes destroy a beach resort called the Gaza Maldive. At least 3 people have been injured. #GazaUnderAttak #FreePalestine ? pic.twitter.com/vUVa09qZxa
— Mohamed Jinah Ali (@MohamedJinahAli) May 17, 2021
އިސްރާއީލާއި ހަމާސް ޖަމާއަތާ ދެމެދު ފާއިތުވެދިޔަ ހަފްތާގެ ހޯމަދުވަހުން ފެށިގެން ކުރިޔަށްދާ ހަމަނުޖެހުންތަކުގައި، މިހާތަނަށް ފަލަސްތީނުގެ 192 މީހަކު ވަނީ ޝަހީދު ވެފައެވެ. މީގެ ތެރޭގައި 58 ކުޑަކުދިންވެސް ހިމެނެއެވެ. އަދި 1200 މީހުންނަށްވަނީ އަނިޔާވެފައެވެ. އަދި މީގެ އިތުރުން، ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި އިސްރާއީލުންވަނީ، ބަޑިޖަހާ ފަލަސްތީނުތެ 13 މީހަކު ޝަހީދު ކޮށްލާފައެވެ.
އިސްރޢީލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގެ ރައްދުގައި، ހަމާސް ޖަމާއަތުންނާއި އަދި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ އެހެނިހެން ޖަމާއަތްތަކުން އިސްރާއީލަށް ދީފައިވާ އެތައް ހާސް ރޮކެޓް ހަމަލާތަކެއްގައި އިސްރާއީލުގެ 10 މީހަކު ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 2 ކުޑަ ކުއްޖަކުވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ