ކޯވިޑްގައި އިތުރު މަރެއް: އަދަދު 98 އަށް

ކޯވިޑްގައި އިތުރު މަރެއް: އަދަދު 98 އަށް

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑް ބައްޔަށް ފަރުވާދެމުންދިޔަ އަންހެނަކު ނިޔާވެއްޖެ އެވެ. މިއާއެކު ރާއްޖެއިން މިބަލީގައި ނިޔާވީ މީހުންގެ އަދަދު ވަނީ 98 އަށް އަރާފައެވެ.

އެޗްޕީއޭ އިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ 80 އަހަރުގެ ދިވެހި އަންހެނަކު މިރޭ 22:44 ގައި ނިޔާވެފައިވާ ކަމަށެވެ. މިއީ މި ބަލީގައި މިއަދު ރާއްޖޭގައި ނިޔާވި 4 ވަނަ މީހާއެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު މީހާވެސް ނިޔާވީ މިއަދުއެވެ. އެއީ މިއަދު ފަތިހު ނިޔާވި 30 އަހަރުގެ ޒުވާން އަންހެނެކެވެ.

މި އަދަދުތަކާއި އެކު މި މަހުގެ ތެރޭގައި މިބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 25 އަރާފައެވެ. މިއަހަރުގެ މިހާތަނަށް 47 މީހަކު މިވަނީ މިބަލީގައި ރާއްޖެއިން ނިޔާވެފައެވެ.

ކޯވިޑް ބައްޔަށް ރާއްޖޭގައި ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު 1000 އިން މަތީގައި ހަފްތާއެއްހާ ދުވަހު ހުރުމަށްފަހު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 741 ދައްވެފައެވެ. އެހެން ނަމަވެސް ރާއްޖޭގައި މިބަލީގެ ބިރުވެރިކަން އަދިވެސް ކުޑަނުވެއެވެ. އެގޮތުން ކޯވިޑް ބައްޔަށް ހޮސްޕިޓަލްގައި ފަރުވާދޭ މީހުންގެ އަދަދު 262 އަކަށް މިހާރުވަނީ އިތުރުވެފައެވެ. އަދި މިބަލީގައި ނިޔާވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *