ޓޮޓެންހަމުން ވުލްވްސް ބަލިކޮށްފި

ޓޮޓެންހަމުން ވުލްވްސް ބަލިކޮށްފި

Author
ޔޫސުފް
16 މެއި 2021 11:06
0

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމުން ވުލްވްސް ބަލިކޮށް ޔޫރޮޕާ ލީގުން ޖާގައެއް ހޯދުމަށް ކުރާ އުއްމީދު ދަމަހައްޓައިފިއެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ވުލްވްސްގެ މައްޗަށް އެޓީމު ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޓޮޓެންހަމުން ލީޑު ނެގީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގެ ތެރޭގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ. އަދި ދެވަނަ ލަނޑު 62 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ޕިއެރޭ އެމިލޭއެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 36 މެޗުން ލިބުނު 59 ޕޮއިންޓާއެކު ޓޮޓެންހަމް އޮތީ ލީގުގެ 6 ވަނައިގައެވެ. އަދި 7 ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށްވެސް ލިބެނީ 59 ޕޮއިންޓެއެވެ. އެކަމަކު ޓޮޓެންހަމަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. މި މެޗުން ބަލިވި ވުލްވްސް އޮތީ 36 މެޗުން ލިބުނު 45 ޕޮއިންޓާއެކު 12 ވަނައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.