ބާންލީ އަތުން ލީޑްސްއަށް ބޮޑު މޮޅެއް

ބާންލީ އަތުން ލީޑްސްއަށް ބޮޑު މޮޅެއް

Author
ޔޫސުފް
15 މެއި 2021 07:07
0

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބާންލީ އަތުން ލީޑްސް ޔުނައިޓެޑް ބޮޑު މޮޅެއް ހޯދައިފިއެވެ.

ބާންލީގެ ދަނޑުގައި ކުޅުނު މި މެޗު ލީޑްސް އިން ކާމިޔާބުކުރީ 0-4 ގެ ބޮޑު ތަފާތަކުންނެވެ.

މި މެޗުގައި ލީޑްސް ޔުނައިޓެޑުން ޖެހި 4 ލަނޑުގެ ތެރެއިން 3 ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. އަނެއް ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށެވެ. އެގޮތުން ލީޑްސްއަށް ލީޑު ނަގައިދިން ލަނޑު 44 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ލިޗްއެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން 60 ވަނަ މިނެޓުގައި ލީޑްސްގެ ޖެކް ހެރިސަން ވަނީ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. ލީޑްސްއިން މި މެޗުގައި ޖެހި ފަހު ދެ ލަނޑު އެޓީމުން ޖަހާފައިވަނީ 3 މިނެޓުގެ ތެރޭގައެވެ. އެގޮތުން 77 ވަނަ މިނެޓުގައި ލީޑްސްގެ ތިންވަނަ ލަނޑު ރޮޑްރިގޯ ކާމިޔާބުކޮށްދިންއިރު، ހަތަރު ވަނަ ލަނޑު 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީވެސް ރޮޑްރިގޯއެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 36 މެޗުން ހޯދިން 53 ޕޮއިންޓާއެކު ލީޑްސް ޔުނައިޓެޑް އޮތީ ލީގު ތާވަލްގެ 10 ވަނައިގައެވެ. މި މެޗުން ބަލިވި ބާންލީ އޮތީ 36 މެޗު ކުޅެގެން ލިބުނު 39 ޕޮއިންޓާއެކު 15 ވަނައިގައެވެ. ޕްރިމިއާ ލީގުގައި ބާކީ ދެން ކޮންމެ ޓީމަކަށްވެސް އޮންނަނީ 2 މެޗެއެވެ. ލީގުގެ ޗެމްޕިއަންކަން މިހާރު ސިޓީން ވަނީ ކަށަވަރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.