ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުމަށް ހަމަޖެއްސި ދަނޑު

ޗެމްޕިއަންސް ލީގު ފައިނަލް ޕޯޗުގަލަށް ބަދަލުކޮށްފި

ޗެމްޕިއަންސް ލީގު ފައިނަލް ޕޯޗުގަލަށް ބަދަލުކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ޕޯޗުގަލުގެ ޕޯޓޯއަށް ބަދަލުކޮށްފިއެވެ.

މިމަހުގެ 29 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅެން ކުރިން ހަމަޖައްސާފައި އޮތީ ތުރުކީގެ އިސްތަންބޫލްގައެވެ.

ތުރުކީގެ ކޯވިޑް-19 ގެ ހާލަތު ގޯސްވެ އެގައުމުގައި ފުރަބަންދު އިއުލާން ކޮށްފައިވާ އިރު، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެން ޖެހޭ އިނގިރޭސި ދެޓީމަށް ތުރުކީއަށް އެތެރެވުންވެސް ވެފައިވަނީ އުނދަގޫ ކަމަކަށެވެ.

ފައިނަލުގައި ވާދަކުރަން އޮތީ އިންގްލެންޑުގެ ދެ ޓީމު ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ޗެލްސީއެވެ. ގިނަ ގައުމުތަކުން ތުރުކީއަށް ދަތުރު ކުރުމުގައި ސަމާލުވާން އަންގާފައިވާއިރު، އިނގިރޭސިވިލާތުންވެސް ވަނީ ތުރުކީއަށް ދަތުރުކުރުމުގައި ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފައެވެ.

އެގޮތުން މެޗު ކުޅުމަށް މިހާރު ތާވަލުކޮށްފައިވަނީ އެސްޓާޑިއޯ ޑޮ ޑްރާގޯ ސްޓޭޑިއަމުގައެބެ. އެ ދަނޑަކީ 50،000 މީހުންގެ ޖާގައިގެ ދަނޑެކެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލަށް ކޮންމެ ކްލަބަކަށް ވެސް 6000 ސަޕޯޓަރުން ވެއްދުމުގެ ފުރުސަތު ޔުއޭފާ އިން ވަނީ ދީފައެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސިޓީ އާއި ޗެލްސީ ބައްދަލުކުރާއިރު، މުބާރާތުގެ ފައިނަލަށް ސިޓީ ދަތުރުކުރީ ސެމީ ފައިނަލުން ޕީއެސްޖީ ކަޓުވާލުމަށްފަހުއެވެ. މިއީ ސިޓީ މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެއެވެ. އަދި މުބާރާތުގެ ފައިނަލަށް ޗެލްސީ ދަތުރުކުރީ ސެމީން މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *