ކޮޅިގަނޑުގެ ބާރު ދަނީ ގަދަވަމުން، މުޅި ރާއްޖެއަށް ވިއްސާރަކުރާނެ: މެޓް

ކޮޅިގަނޑުގެ ބާރު ދަނީ ގަދަވަމުން، މުޅި ރާއްޖެއަށް ވިއްސާރަކުރާނެ: މެޓް

Author
މުޙައްމަދު ޖިމީ
13 މެއި 2021 04:49
0

ރާއްޖޭގެ ހުޅަނގުއުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރުގަދަވެ ތޫފާނަކަށް ބަދަލުވާނެކަމަށާއި، އެއާއެކު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރައިން ބުނެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ، މިމަހުގެ 10 ވަނަދުވަހުން ފެށިގެން ރާއްޖެއަށް ކުރަންފެށި ވިއްސާރަޔާއެކު މިމަހުގެ 12 ވަނަދުވަހު ރާއްޖެއަށް
ހުޅަނގު މޫސުން ފެށިފައިވާކަމަށާއި، ވޭތުވެ ދިޔަ 24 ގަޑިއިރު ވެސް ރާއްޖޭގެރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބޯކޮށް ވާރޭވެހުނުކަމަށެވެ. އެންމެ

އެގޮތުން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އައްޑޫ ސިޓީ ގަމަށް 164 މިލިމީޓަރުގެ ވާރޭއެވެ. އަދި އައްޑޫ ސިޓީގެ ހިތަދޫއަށް 157 މިލިމީޓަރު، ހުޅުމީދޫއަށް 230 މިލިމީޓަރުގެ ވާރޭވެހިފައި ވެއެވެ. މީގެއިތުރުން ރާއްޖޭގެ އެހެން ހިސާބުތަކަށްވެސް ބޯކޮށް ވާރޭވެހި ބައެއްރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައްވެސް ހިނގާފައިވާކަން މެޓް އޮފީހުން ފާހަގަކުރެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖޭގެ ހުޅަނގުއުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށްއޮތް 24 ގަޑިއިރުތެރޭގައި ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ އަދި އޭގެފަހުން ތޫފާނަކަށްވެސް ބަދަލުވުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރެވިފައިވާކަމަށެވެ.  ލަފާކުރެވޭގޮތުގައި މިކޮޅިގަނޑު ޖެހެމުން ދާނީ އުތުރު ހުޅަނގު އުތުރަށް ރާއްޖެއާއި ދުރަށްކަމަށާއި، މި ކޮޅިގަނޑާއި ގުޅިގެން ރާއްޖޭގެ އަތޮޅުތަކުގެ މަތީގައި ގިނައަދަދަކަށް ބޯ ވިއްސާރަވިލާ ދަނީ އުފެދެމުންދެމުންކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ސަރަޙައްދުގައި ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭ ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށާއި، ޢާންމު ގޮތެއްގައި ގަޑިއަކު 13 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ދެކުނުގެ ބައެއް ރަށްތަކުގައި ފެންބޮޑޫވެ ހިނގި ހާދިސާތަކާއ ގުޅިގެން އެމްއެންޑީއެފް އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.