އަނެއްކާވެސް ރެކޯޑް ޢަދަދެއް، މިއަދު 1572 މީހުން ޕޮޒިޓިވް

އަނެއްކާވެސް ރެކޯޑް ޢަދަދެއް، މިއަދު 1572 މީހުން ޕޮޒިޓިވް

Author
މުޙައްމަދު ޖިމީ
12 މެއި 2021 10:37
0

ރާއްޖެއިން ކޯވިޑް-19އަށް އިތުރު1572 މީހުން ޕޮޒިޓިވެއްޖެއެވެ.

މިއަދުގެ ޕޮޒިޓިވް ކޭސްތައްމިހާ މައްޗަށް އަރާފައިވަނީ ކުރީ ދުވަސްތަކުގެ ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ ނަތީޖާ މިއަދުގެ ނަތީޖާގައި ހިމެނުމުންކަމަށް އެޗްއީއޯސީން ބުންޏެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލޭ ސަރަޙައްދުން އެކަނިވެސް 1،315މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 242މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 15މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 40،092އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 328މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 27،123މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިވަގުތު ބައްޔަށް 12،873މީހުން ފަރުވާ ހޯދަމުންދާއިރު 263މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 5،336ސާމްޕަލެއް ވަނީ ނަގާފައެވެ. ރާއްޖެއިން މިބަލީގައި ވަނީ 87 މީހުން ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.