މި ނުކުންނަނީ މޮޅު ވެވޭނެކަމުގެ ޔަގީންކަމާއި އިތުބާރާއެކު: ޕިރްލޯ

މި ނުކުންނަނީ މޮޅު ވެވޭނެކަމުގެ ޔަގީންކަމާއި އިތުބާރާއެކު: ޕިރްލޯ

Author
އިބްރާހީމް ސާޢިދު
20 އޮކްޓޯބަރ 2020 05:44
0

ޗެމްޕިއަންސް ލީގުގައި މިރޭ ޑައިނަމޯ ކިއޭވްއާ ދެކޮޅަށް ނުކުންނާނީ މޮޅުވެވޭނެ ކަމުގެ ޔަގީންކަމާއި އިތުބާރާއެކު ކަމަށާއި، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން ކަމަށް ޔުވެންޓަސްގެ ކޯޗު އަންދްރޭ ޕިރްލޯ ބުނެފިއެވެ.

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މިރޭ ޔުކްރެއިނުގެ ޑައިނަމޯ ކިއޭވްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަދައްކަމުން ޕިރްލޯ ބުނީ މި މުބާރާތުގެ ފުރަތަމަ މެޗަކީ މުހިންމު މެޗެއް ކަމަށާއި އެގޮތުން ކޮންމެ މެޗެއްވެސް ކާމިޔާބުކުރުން މުހިންމުކަމަށެވެ. އޭނާ ބުނީ މެޗުގައި ކުރަންވީ ކަންތައްތައް ވަރަށް ރަނގަޅަށް އެނގޭކަމަށާއި ފުރަތަމަ މެޗުން މޮޅުވުމުގެ މުހިންމުކަން ކުޅުންތެރިންނަށް ވިސްނަދީފަ ވާނެކަމަށެވެ. މުބާރަތެއްގައި ވާދަކުރަންޏާ ތަށި ހޯދުމަކީ އަމާޒެއް ކަމަށާއި އެގޮތުން ޔުވެންޓަސް އަބަދުވެސް ނުކުންނާނީ މޮޅުވާން ކަމަށް، ކޯޗެއްގެ ގޮތުގައި ޗެމްޕިއަންސް ލީގުގައި ވާދަކުރާ ފުރަތަމަ މެޗާ ގުޅޭގޮތުން ޕިރްލޯ ބުނިއެވެ.

" އަހަރަމެންނަށް އެނގޭ އަހަރެމެން ކުރަން މިއުޅޭނީ ކޮންކަމެއްކަން ، މުބާރާތުގެ ފުރަތަމަ މެޗަކީ ވަރަށް މުހިންމު މެޗެއް ، އަހަރެމެން ނުކުންނާނީ މޮޅުވާން "

– ޕިރްލޯ

ލީގުގައި ކޮރޮޓޯންއާ ވާދަކޮށް ޕޮއިންޓެއް ގެއްލުނު ނަމަވެސް ޔުވެންޓަސްގައި މިހާރު އޮތް ޓީމަކީ އަލުން ބިނާކުރަމުން އަންނަ ޓީމެއް ކަމަށް، ކުޅުންތެރިޔެއްގެ ގޮތުގައި އޭސީމިލާނާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޕިރްލޯ ބުނިއެވެ.

މި ދެޓީމު މީގެ ކުރިން ކިއޭވް ގައި ބައްދަލުކޮށްފައި ވަނީ 2002 ވަނަ އަހަރު ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައެވެ. އެ މެޗު 2-1 ލަނޑުން ކާމިޔާބުކުރީ ޔުވެންޓަސްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.