ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ސިޓީއަށް ކަށަވަރުވެއްޖެ

ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ސިޓީއަށް ކަށަވަރުވެއްޖެ

Author
ޔޫސުފް
12 މެއި 2021 01:23
0

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީއަށް ކަށަވަރުވެއްޖެއެވެ.

ސިޓީއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ ލީގުގެ ދެވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާއި ލެސްޓާ ސިޓީ މިރޭ ކުޅުނު މެޗުން ޔުނައިޓެޑު ބަލިވުމުންނެވެ. ސިޓީ އަށް ޗެމްޕިއަންކަން ލިބުނީ 35 މެޗުން 80 ޕޮއިންޓް ހޯދައިގެންނެވެ.

ލީގުގައި ކުރިޔަށް އޮތް 3 މެޗުން ސިޓީ ބަލިވި ކަމުގައިވީ ނަމަވެސް އިތުރު ޓީމަކަށް ސިޓީއާ އަރާ ހަމައެއްނުކުރެވޭނެެއެވެ. މިއީ ސިޓީން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި 5 ވަނަ ފަހަރެއެވެ. އަދި އެޓީމުގެ ކޯޗު ގާޑިއޯލާގެ ކޯޗު ކަމުގެ ދަށުން ލީގު ޗެމްޕިއަންކަން ހޯދި 3 ވަނަ ފަހަރުވެސްމެއެވެ. އަދި ފާއިތުވި 10 އަހަރު ތެރޭ ލީގުގެ ޗެމްޕިއަންކަން ހޯދި ފަސް ވަނަ ފަހަރެވެ.

މިއީ ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ކުޅޭ ސިޓީން މި ސީޒަނުގައި ކާމިޔާބުކުރި ދެ ވަނަ ޓްރޮފީ އެވެ. ސިޓީން ވަނީ ޓޮޓެންހަމް ބަލިކޮށް ލީގު ކަޕްވެސް ކާމިޔާބުކޮށްފައެވެ. މި ސީޒަނުގައި ސިޓީއަށް ދެން ކާމިޔާބުކުރުމުގެ ފުރުޞަތު އޮތީ ޔުއެފާ ޗެމްޕިއަންސް ލީގެއެވެ. މިއީ ސިޓީގެ ތާރީހުގައި އެޓީމު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެއެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިމަހުގެ 29 ވަނަ ދުވަހު ސިޓީ ނުކުންނާނީ ޗެލްސީ އާއި ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.