އެސްޓަން ވިލާ ކޮޅަށް ލަނޑު ޖެހުމަށްފަހު ގްރީންވުޑް އުފާފާޅުކުރަނީ

ޔުނައިޓެޑުން ފަހަތުން އަރައި އެސްޓަން ވިލާ ބަލިކޮށްފި

ޔުނައިޓެޑުން ފަހަތުން އަރައި އެސްޓަން ވިލާ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެސްޓަން ވިލާއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ޖެހި ލަނޑުތަކުން ޔުނައިޓެޑު މެޗު ކާމިޔާބުކޮށްފިއެވެ.

އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 1-3 ގެ ނަތިޖާއަކުންނެވެ.

މެޗު ފަށައިގެން ގިނަވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ޔުނައިޓެޑުންނެވެ. ނަމަވެސް އެސްޓަން ވިލާއަށް ލިބުނު ފުރުޞަތުތަކުގައި އެޓީމުން ވަނީ ޔުނައިޓެޑުގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 24 ވަނަ މިނެޓުގައި އެސްޓަން ވިލާއަށް ލީޑު ނަގައިދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ޓޮރޭރޯއެވެ. މި ލަނޑަށްފަހު ޔުނައިޓެޑުން ވަނީ ނަތީޖާ ހަމަހަމަކުރުމަށް ވަރަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުނީ ވިލާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފަށައިގެން ޔުނައިޓެޑުން ވަނީ އެޓޭކްތައް ވަރުގަދަކޮށްފައެވެ. މެޗުގައި ޔުނައިޓެޑުން ޖެހި ފުރަތަމަ ލަނޑަކީ ޕޮގްބާއަށް ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑެކެއެވެ. ޔުނައިޓެޑަށް ލީގު ނަގައިދިން ލަނޑު 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިހާރު ރަނގަޅު ފޯމެއްގައި ހުރި ގްރީންވުޑްއެވެ. އަދި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެޑިންސަން ކަވާނީއެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 34 މެޗުން ލިބުނު 70 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ލީގުގެ 2 ވަނައިގައެވެ. ޔުނައިޓެޑަށް ވުރެއް އެއް މެޗު އިތުރަށް ކުޅެގެން ހޯދި 80 ޕޮއިންޓާއެކު ސިޓީ އޮތީ އެއްވަނައިގައެވެ. ތިންވަނައިގައި 35 މެޗުން ހޯދި 64 ޕޮއިންޓާއެކު އޮތީ ޗެލްސީއެވެ. 63 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތީ ލެސްޓާ ސިޓީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *