ބޭނުންވާނެ ތަކެތި:
މަސްގަނޑަށް:
1 ދަޅުމަސް
1 ފިޔާ
1/4 ސައިސަމުސާ އިނގުރު (ގާނާފައި)
1/4 ސައިސަމުސާ ލޮނުމެދު (ގާނާފައި)
4 ސައިސަމުސާ ހަނާކުރި ހަވާދު
1 ލުނބޯ
1/2 ސައިސަމުސާ މުގުރި ފޮނިތޮށި ކާފޫރު ތޮޅި
1/2 ޖޯޑު ބޯކިރު
2 ހިކަނދި ފަތް
ކުޑަ ރާނބާ ފަތެއް
ގިތެޔޮ މިރުސް (ރަހަ ހެޔޮވަރުވާ ވަރަށް)
ލޮނު (ރަހަ ހެޔޮވަރުވާ ވަރަށް)
ފެން
ފޮޅިއަށް:
1 ޖޯޑު ފުއް
1 ޖޯޑު ފެން
1/3 ސައިސަމުސާ ރީނދޫ
ލޮނު
ތައްޔާރުކުރާނެ ގޮތް:
މަސްގަނޑު:
ބޯކިރު ތެއްޔަކަށް އަޅައި ހޫނުކޮށްލާށެވެ. ހޫނު ވުމުން އޭގެ ތެރެއަށް ފިޔާ، އިނގުރު، ގިތެޔޮމިރުސް، ފޮނިތޮށި ކާފޫރުތޮޅި، ހިކަނދިފަތް، ރާނބާފަތް އަޅާ ފިޔާތައް މަޑުވެ ރަތް ވަންދެން ކައްކާލާށެވެ.
ދެން ލޮނުމެދުކޮޅު އަޅައި އެއްކޮށްލުމަށްފަހު ހަވާދާއި މަސް އަޅައި އަނެއްކާވެސް އެއްކޮށްލާށެވެ. ދެން ލޮނާއި ފެންފޮދެއް އަޅައި، ލުނބޯ ހުތް އަޅައި އަނެއްކާވެސް ރަނގަޅަށް އެއްކުރުމަށްފަހު ތެލީގައި މަތިޖަހާށެވެ. މި ގޮތަށް ބަހައްޓައިގެން މަސްގަނޑު ކުޑަކޮށް ހިކިލަންދެން ކައްކާށެވެ. އޭރުން މަސްގަނޑު ތައްޔާރުވީ އެވެ.
ފޮޅި:
ފުށާއި، ލޮނާއި ރީނދޫ ބޯތައްޓެއްގައި އެއްކޮށްލާށެވެ. ދެން ގުޅަނުޖެހޭވަރަށް ފެންއަޅައިގެން ގިރުވާލާށެވެ.
ތަވައެއް އުނދުން މައްޗަށް އުދާ ރަނގަޅަށް ހޫނުކޮށްލާށެވެ. ހޫނުވުމުން ފުއްގަނޑުން މޭޒުމަތީ ސަމުސަލުގެ 2 ސަމުސާ ތަވައަށް އަޅާށެވެ. އަދި ސަމުސަލުގެ އަނެއް ފުށް ބޭނުންކޮށްގެން ވަށްކޮށްލާށެވެ. ތަވައިން ފަސޭހައިން ނައްޓާލެވޭ ވަރުވީމާ އެއޮތީ ފިހެވިފައެވެ.
ފޮޅި ފިހެވުމުން ތައްޓަކަށް ނަގާށެވެ. ފޮޅީގެ އެއް އަރިމަތީގައި ސަމުސަލެއްގެ މަސްއެޅުމަށްފަހު މަސްކޮޅުގެ ދެކޮޅުން ފޮޅި ފައްޖަހާލާ ކުޑަކޮށް އޮބާލާށެވެ. ދެން މަސްކޮޅު އެޅި ފަރާތުން ފަށައިގެން ފޮޅި އޮޅާލާ އަނެއްކާވެސް އޮބާލާށެވެ. މިގޮތަށް ފަހަރަކު ފޮޅިއެއް ފިހަމުން މަސްލާ އޮޅަމުން ގެންދާނީއެވެ.
ކޮމެންޓު ފޮނުވާ