މާދަމައިން ފެށިގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތް ކުރުމަށް ނޫނީ މާލެ ސަރަހައްދުގައި އަމިއްލަ ކުންފުނިތަކާއި، ވިޔަފާރިތަކާއި، އޮފީސްތައް ހިންގާ ފަރާތްތަކުންވެސް އޮފީސްތަކަށް މުވައްޒިފުން ނުނެރުމަށް އަންގައިފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރެފައިވާ އަމުރުގައި ބުނެފައިވަނީ މާދަމައިން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ޞަރަޙައްދު )މާލެއާއި ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށް ޓާއި، ގުޅީފަޅު( ގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކާއި އަމިއްލަ ވިޔަފާރި ކުންފުނިތަކާއި އޮފީސްތަ ކަށް މުވައްޒަފުން އޮފީހަށް ހާޒި ރުވެގެން )ކޮންމެހެން ނުކުމެގެން ކުރަންޖެހޭ ޒަރޫރީ ބޭނުންތައް ފިޔަވައި( މަސައްކަތްކުރުމުގެ ބަދަލުގައި ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި، ބާއްވަންޖެހޭ ބައްދަލުވުންތައް އޮންލައިންކޮށްގެ ބޭއްވުމަށް އަންގާ ކަމަށެވެ.
މަތީގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކަނޑައެޅޭޜ ޚާއްޞަ ހާލަތްތަކުގައި، އަންގާ ގޮތެއްގެ މަތީން ޢަމަލު ކުރެވޭނެ ކަމަށާއި، އަދި އިސްވެ ބަޔާންކޮށްފައިވާ ފިޔަވަޅުތައް ތަންފީޛު ކުރުމުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، ދިވެހި ފުލުހުންގެ ޚިދުމަތުންނާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް ވަނީ ބުނެފައެވެ.
މި ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް ޑިރެކްޓަރ ޖެނެރަލް ވަނީ އަންގާފައެވެ. އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރާންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށްވެސް ވަނީ އަންފާއެވެ.
ކޮމެންޓު ފޮނުވާ