ކޯވިޑް ނުރައްކާ ބޮޑު 5 ރަށެއްގައި ކާފިއު ހިންގަނީ

ކޯވިޑް ނުރައްކާ ބޮޑު 5 ރަށެއްގައި ކާފިއު ހިންގަނީ

Author
މުޙައްމަދު ޝަޒައިމް
07 މެއި 2021 12:28
0

ކޯވިޑްގެ ނުރައްކާ އެންމެ ބޮޑު ފަސް ރަށެއްގައި ކާފިއުއިއުލާން ކުރުމަށް ނިންމައި އެކަން އެރަށްތަކަށް އަންގައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރުއްވާފައިވާ އެންގުމެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ޅ. ނައިފަރާއި ކ. މާފުއްޓާއި އއ. މަތިވެރި އަދި އއ. އުކުޅަހާއި ބ. އޭދަފުށީގައި ކާފިއު ހިންގަން ނިންމާފައިވާ ކަމަށެވެ. އެ ރަށްރަށުގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގާނެއެވެ.

މާދަމައިން ފެށިގެން މިރަށްތަކުގައި އަޅާ ފިޔަވަޅުތައް:

1. ހަވީރު 16:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
2. ޕާޓީތަކާއި، ޙަފްލާތަކާއި،ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
3. ރަށުގެ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން. މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުމެއް ނުހިމެނެއެވެ.
4. އެއްފަހަރާ 3 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުން.
5. ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.
6. ހުރިހާ ކުޅިވަރު ހަ ރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓައިލުން.
7. ފިރާތަކުން ޚިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުން.
8. ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނެއެވެ.

މިއީ ރާއްޖޭގައި އެންމެ ބޮޑަށް ކޯވިޑް ފެތުރެމުންދާ އަދި މުޖުތަމައުގައި ބަލި އޮތް ރަށްތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.