ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު، ރައީސް ޞާލިހާއި، ވެރިން އޭޑީކޭގައި

ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު، ރައީސް ޞާލިހާއި، ވެރިން އޭޑީކޭގައި

Author
މުޙައްމަދު ޝަޒައިމް
06 މެއި 2021 10:25
0

މާލޭގައި މިރޭ އެއްޗެއް ގޮއްވާލި ހާދިސާގައި އަނިޔާވެގެން ފަރުވާދެމުންދާ ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅު ރަނގަޅުކަމަށް އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުން ވިދާޅުވެއްޖެއެވެ.

މިހާދިސާގައި ލިބުނު އަނިޔާތަކަށް ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދާއިރު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުކަމަށް ޑޮކްޓަރުން ވަނީ މައުލޫމާތު ދެއްވާފައެވެ.

މިރޭ 9:00 ހާއިރު މަޖީދީމަގުން ގ.ކެނެރީގޭ ކައިރިން އެއްޗެއް ގޮއްވާލާފައިވާއިރު، އެވަގުތު ރައީސް ނަޝީދުވެސް ހުންނެވީ އެސަރަޙައްދުގައެވެ. އަދި އެއްޗެއް ގޮވި ހާދިސާ ހިނގީ އެސަރަޙައްދުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށެވެ.

ރައީސް ނަޝީދަށް ދިން މިހަމަލާއާއި ގުޅިގެން ރައީސް ޞާލިހުވެސް ހުންނެވީ މިވަގުތު އޭޑީކޭ ހޮސްޕިޓަލުގައެވެ. އަދި ދައުލަތުގެ ގިނަ ވެރިންވެސް ތިއްބެވީ އޭޑީކޭގައެވެ. އޭޑިކޭ ކައިރީގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ގިަނ ބަޔަކު ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.