ކާރުކޮޅަށް ދިން ހަމަލާއާއި ގުޅިގެން ރައީސް ނަޝީދަށް އޭޑީކޭގައި ފަރުވާދެނީ

ކާރުކޮޅަށް ދިން ހަމަލާއާއި ގުޅިގެން ރައީސް ނަޝީދަށް އޭޑީކޭގައި ފަރުވާދެނީ

Author
މުޙައްމަދު ޝަޒައިމް
06 މެއި 2021 09:08
0

މަޖިލިސް ރައީސް މުހައްމަަދު ނަޝީދު ކާރުކޮޅަށް އަރައި ވަޑައިގަންނަވަނިކޮށް މިރޭ ދިން ހަމަލާއެއްގައި އެމަނިކުފާނަށް އަނިޔާވެ، އޭޑީކޭގައި ފަރުވާދޭން ފަށައިފިއެވެ.

ރައީސް ނަޝީދަށް މިހަމަލާ އަމާޒުވީ މިރޭ 8:40 ކަންހާއިރު ކާރަށް އަރައި ވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެންނެވެ. މިހަލަމާގައި އެމަނިކުފާނަށް ލިބިފައިވަނީ ކިހާ ސީއަސް ގެއްލުމެއް ކަމެއް އަދި ސާފެއް ނުވެއެވެ. އެމަނިކުފާނަށް މިހާރު އޭޑިކޭގައި ގެންދަނީ ފަރުވާ ދެމުންނެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން މިހަމަލާއި ގުޅިގެން ސަލާމަތީ ބާރުތަކުން އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ. މިހާދިސާފައި އެމަނިކުފާނުގެ ހަށިފާރަވެރިންނަށްވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން މިހަލާއާއި ގުޅިގެން ގިނަ ބަޔަކު ދަނީ މިކަން ކުށްވެރިކޮށް، މިކަމުގައި ޝާމިލުވާ މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Ali Koi
Thaaidhu gehluneema jassaa stunt.