ރޭގަނޑު 9 ފަހުން ކެފޭ، ރެސްޓޯރެންޓް، ފިހާރަތައް ހުޅުވުން މަނާކޮށްފި

ރޭގަނޑު 9 ފަހުން ކެފޭ، ރެސްޓޯރެންޓް، ފިހާރަތައް ހުޅުވުން މަނާކޮށްފި

Author
މުޙައްމަދު ޝަޒައިމް
06 މެއި 2021 03:11
0

ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅު ތަކުގެ ތެރެއިން ކެފޭތަކާއި ރެސްޓޯރެންޓްތަކުގެ އިތުރުން ފިހާރަތައް ރޭގަނޑު ނުވައެއްގެ ފަހުން ހުޅުވުން މަނާކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނެފައިވަނީ ކޯވިޑް19 އިން ރައްކާތެރިވުމަށް ފިޔަވަޅުތައ އަޅާފައިވާތީ މިއަދުން ފެށިގެން މި މަހުގެ 12 ވަނަަ ދުވަހުގެ ނިޔަަލަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހެނދުނު އަށަކުން ރޭގަނޑު 9:00 އަށް ކަމަށެވެ. އަދި ރޭގަނޑު 9:00 އިން 00:00 އަށް ފުލުހުންގެ ހުއްދަ އާއެކު ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ.

އެ މުއްދަތުގައި ސައިހޮޓާ. ކެފޭ، ރެސްޓޯރެންޓު، ކެންޓީނު ފަދަ ތަންތަންް އާންމުންނަށް ކެިއން ބުއިމުގެ ހިދުމަތް ދިނުމަށް ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ރޭގަނޑު 9:00 އަށް ކަމަށާއި މެއި 12 ގެ ނިޔަލަށް ފުލުހުން ގެ ހުއްދަ އާއެކު މެންދަމު ތިނެއް ޖަހަންދެން ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުންނެއެވެ.

ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާތީ ރޭގަނޑު ނުވަޔަކުން ފަތިހު 4:00 އަށް މާލެ ސަރަހައްދުގައި ކާފިއު ހިންގަން ވަނީ ނިންމައިފައެވެ. އަދި މާލެ ސަރަހައްދުގެ ޖިމްތަކާއި ސެލޫންތައް އަދި ސިނަމާތައް ބަންދު ކުރަން އަންގާފައިވާއިރު މާލެ ސަރަހައްދުން އިއްޔެ އެކަނިވެސް 500 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.