ވަސީލަތްތައް ގާއިމް ނުކުރެވުނީ ސަރުކާރުގެ އިހުމާލުން، އެހީވާން މިތިބި ތައްޔާރަށް: އިދިކޮޅު

ވަސީލަތްތައް ގާއިމް ނުކުރެވުނީ ސަރުކާރުގެ އިހުމާލުން، އެހީވާން މިތިބި ތައްޔާރަށް: އިދިކޮޅު

Author
މުޙައްމަދު ޝަޒައިމް
06 މެއި 2021 03:00
0

ކޯވިޑް-19 ގައި ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެފައިވާއިރު، މިވީ އެއް އަހަރުގެ ތެރޭގައި ސަރުކާރުން މިކަމަށް އެކަށީގެންވާ ވަރާއި ގާތައްވެސް ތައްޔާރުވެފައި ނެތްކަމީ ސަރުކާރުގެ ބޮޑު އިހުމާލެއްކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވީ ރާއްޖޭގެ ހާލަތު މިއަދު ކޮންޓްރޯލްނުވާ ހިސާބަށްގޮސް ފަރުވާދޭނެ ވަސީލަތްތައް ނެތި އެކަމުގެ ކަންބޮޑުވުން ސަރުކާރުން ފާޅު ކުރަމުންދާކަމަށެވެ. ނަމަވެސް މިހާތަލަށް ދާންޖެހުނީ ސަރުކާރަށް މިކަމުގައި އެކަށީގެންވާ މަސައްކަތް ނުކުރެވި ތައްޔާރު ނުވެވުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ކޯވިޑް ފެސިލިޓީތަކާއި، ޓެސްޓް ކިޓްތަކާއި، ވެކްސިންވެސް މިއަދު ހުސްވާން ކައިރިވެފައިވާއިރު މިކަންކަމަށް އެއްވެސް ޕްލޭނެއްގެ ތެރެއިން މަސައްކަތް ނުކުރެވުނުމަކީ މިދަދު މިހާލަތަށް ދާންޖެހުނު އެއްސަބަބު ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ދަރުމަވަންތަ ހޮސްޕިޓަލު އެޅުމަކީ ލިބުނު ވަރަށް ބޮޑު ނަސީބެއްކަމަށެވެ. އެނޫންނަމަ މިއަދު ރާއްޖޭގެ ހާލަތު އޮންނާނެ ގޮތެއްވެސް ދަންނަވަން ދަތިކަމަށެވެ.

ކޯވިޑްގެ ހާލަތު ގޯސްވެގެންދާ ހާލަތުގައި ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މުއައްސަސާއަކީ ޕީޕީއެމް ކަމަށްވާއިރު ޕީޕީއެމްގެ އެހީތެރިކަން ސަރުކާރުން ބަލައި ގަންނަންޖެހޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ކުރިން ފަހަރުވެސް އެހީތެރިވުމަަށް އެދުނު ނަމަވެސް ސަރުކާރުން އެކަން ބަލައި ނުގަތްކަމަށާއި، ނަމަވެސް މިހާލަތުގައި ޕީޕީއެމްގެ ފަރާތުން އޮތީ މިކަމުގައި ސަރުކާރަށް ފުރިހަމަ އެހީތެރިކަން ދިނުމަށް ތައްޔާޔާރަށްކަމަށް އޭނާ ވިދާޅުވިއެވެ.

ހާލަތު އިންތިހާއަށް ގޯސްވަމުންދާއިރުވެސް ސަރުކާރުގެ ތެރެއިން ފެނިގެންދަނީ ނެގި މަޑުމޮޅިވެފައިވާ މަންޒަރުކަމަށާއި، ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ހިލަމެއް ނުވާކަމަށެވެ. ކޮންމެ ދުވަހަކު އެތައްބަޔަކު ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާއިރު ރައީސުލްޖުމްހޫރިއްޔާ ހަމައެކަނި ރޭގަނޑު އޮންލައިން ބައްދަލުވުމެއް ބާއްވައިގެން މިކަންކަން ދެކޮޅު ޖެއްސޭކައް ނެތްކަަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ހާލަތު ބަދަލު ކުރެވޭނީ އެކަމަށް ދުރާލައި ޕްލެއިންކުރެވި، ހަރުދަނާ ސިޔާސަތުތަކެއްގެ މަތީން ކުރެވޭ ކަންކަމަށްވާއިރު އެގޮތަށް އެކަން ކުރުމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދިނުމަށް އިދިކޮޅު ކޯލިޝަނުން ތައްޔާރަށް އޮތްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.