އެމްއެމްޕީއާރުސީ މައްސަލަބަލައި އެވާހަކަ ދެއްކުމަށް ރާއްޖެޓީވީއާއި، އެސްޓޭޝަންގެ ވެރިންދަނީ ދެކޮޅު ހަދަމުން: ނަޝީދު

އެމްއެމްޕީއާރުސީ މައްސަލަބަލައި އެވާހަކަ ދެއްކުމަށް ރާއްޖެޓީވީއާއި، އެސްޓޭޝަންގެ ވެރިންދަނީ ދެކޮޅު ހަދަމުން: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
06 މެއި 2021 02:44
0

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގެ ވާހަކަ ދައްކަވައި، އެކަން ބަލަން މަސައްކަތް ކުރެއްވުމުން ރާއްޖެ ޓީވީއާއި، އެ ސްޓޭޝަންގެ ވެރިން އެކަމަށް ވަރަށް ބޮޑަށް ހުރަސް އަޅުއްވަމުންދާކަށާއި، އެކަން ނުހުއްޓުވޭނެކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ވާހަކަ ފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވި ރާއްޖެ ޓީވީއާއި، އެ ސްޓޭޝަންގެ ވެރިން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މަތިޖަހައ، އެކަން ބަލަން ވަރަށް ބޮޑަށް ދެކޮޅު ހައްދަވަމުން ދާކަމަށެވެ. ނަމަވެސް ކިތަންމެ ގާތް އެކުވެރި އަކަސް ރައްޓިއްސަކަށް ވިޔަސް އެކަން ނުހުއްޓުވޭނެކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި މާލެ ސިޓީގެ ދާއިރާ ރައީސްކަމަށް ރާއްޖެ ޓީވީގެ އެއް ހިއްސާދާރު އަކްރަމް ކަމާލުއްދީން ވާދަކުރައްވައެވެ. އަދި އަކްރަމް ކަމާލުއްދީނާއި ގުޅޭގޮތުން ކޮރަޕްޝަންގެ އެކި ތުހުމަތު އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ ދައްކަވަމުންނެވެ.

ރައީސް ނަޝީދުވަނީ ތަކުރާރުކޮށް ރާއްޖެ ޓީވީއާއި ރާއްޖެ ޓީވީގެ ވެރިން އެމްއެމްޕީއާރުސީގެ ވާހަކަ ދެއްކުމާއި އެމައްސަލަ ބެލުން ހުއްޓުވަން މަސައްކަތް ކުރައްވާކަމަށެވެ. މަޖިލިސް ރައީސް ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ތަހުގީގު ކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ބާރު ދިނުމަށް ގޮވާލައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހަށް ގަރާރެއް ވަނީ މިހާރު ހުށަހަޅުއްވާފައެވެ.

މަޖިލިސް ރައީސް ނަޝީދު ވަނީ މީގެ ކުރިން އެކި ފަހަރުމަތީން އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅޭ ވާހަތަައް އެކި ގޮތްގޮތަށް ދައްކަވާފައެވެ. އެގޮތުން 70،000 އަށްވުރެ ގިނަ މެސެޖް މިކަމާއި ގުޅޭގޮތުން އާންމު ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި މިކަމުގައި ޝާމިލުވާ މީހުންގެ ނަންތައް ހާމަކޮށް މިކަން ރައްޔިތުންނަށް ސާފުކޮށްދެއްވާނެކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވުމުގެ ތުހުމަތުގައި 267 މީހުން ހިމެނޭ ލިސްޓެއް އޮތް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން ހާމަކޮށްފައިވެ އެވެ. އެ ލިސްޓްގައި މަޖިލީހުގެ ކުރީގެ 44 މެންބަރުންނާއި މިހާރުވެސް މެންބަރުންގެ ގޮތުގައި ތިއްބެވި 16 ބޭފުޅަކާއި ކުރީ ސަރުކާރުގައި އިސް މަގާމުތަކެއް އަދާކުރެއްވި 30 ބޭފުޅަކާއި މިނިވަން މުއައްސަސާތަކުގައި މަސައްކަތް ކުރެއްވި ފަސް ބޭފުޅަކާއި ސަލާމަތީ ހިދުމަތްތަކަށް ނިސްބަތްވާ ހަތް އޮފިސަރަކާއި އަދި ފަސް ފަނޑިޔާރަކު ހިމެނެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނަށް ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ހާޒިރުކުރުމުން ދީފައިވާ ބަޔާނުގައި ވަރަށް ގިނަ މައުލޫމާތާއި ހެކި ލިބިފައިވާ ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެ އެވެ. އަދީބް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގި ގޮތުގެ މައުލޫމާތުތައް ތަފްސީލްކޮށް ތަހުގީގުގައި ވިދާޅުވެ ދެއްވާ، އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Haaufaa
MDP thiya massalaige there ah vanumakee amilla f fain erun. NASHEED thiya massalaige fahathun nunettigen thiya ulhenee reken vegen. eki kankamugai majilis membarun sarukaarun hushahelhi bilthakah dhin thaaeedhakee nasheed bunegen nasheed ah dhin voteh. e in reken noolhe. e in bodubai libunee nasheedah
ޓ ޓިނު
Meenage amilla edhumaa hedhi MDP ge dhuvas dhanee eve.