އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަފްސީލު ހޯދަން ނަޝީދު ޤަރާރެއް ޤައުމީ މަޖިލީހަށް

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަފްސީލު ހޯދަން ނަޝީދު ޤަރާރެއް ޤައުމީ މަޖިލީހަށް

Author
މުޙައްމަދު ޝަޒައިމް
06 މެއި 2021 02:33
0

ފަހުގެ ތާރީޚެއްގައި ހިނގި ކޮރަޕްޝަންގެ އެންމެ ބޮޑު އެއް މައްސަލަކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ފައިސާ ހޯދަން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ގަރާރެއް، އެމްޑީޕީގެ ގައުމީ މަޖިލިހަށް ހުށަހަޅުއްވައިފިއެވެ.

ރައީސް ނަޝީދުގެ ގަރާރުގައި އެދިވަޑައިގެންފައި ވަނީ ބޭރުގެ މާހިރެއްގެ އެހީތެރިކަމާއެކު އެމްއެމްޕީއާރްސީގެ މައްސަލަ ބެލުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަން ޕީޖީ ގުރޫޕަށް ބާރު ދިނުމަށެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި ޤަރާރުގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދުކަށްވާއިރު، އެ ތަހުގީގަށް މި ވެރިކަމުގައި އެސެޓް ރިކަވަރީ ކޮމިޝަން އުފައްދައި ފުލުހުންނާއި އޭސީސީއާ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއް ފަށާފައި ވިޔަސް އެކަށީގެންވާ ނަތީޖާ ނުފެންނަ ކަމަށެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ގައުމީ މަޖިލީހުގެ 10 މެންބަރުން ސޮއިކޮށް ބައްދަލުވުމެއް ބާއްވައި ދިނުމަށް ހުށަހަޅައިފިނަމަ ބައްދަލުވުމެއް ބޭއްވޭނެ އެވެ. ރައީސް ނަޝީދު އެދިވަޑައިގެންފައި ވަނީ ގައުމީ މަޖިލީހުގެ މެންބަރުން އެމަނިކުފާނުގެ ގަރާރު ބަލައިގަނެ، އެދިވަޑައިގެންފައިވާ ގޮތަށް ޕީޖީ ގުރޫޕަށް ބާރު ދިނުމަށް ފާސް ކޮށްދިނުމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 ބޭފުޅަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރަކަށްވެސް ޚިޔާނާތުގެ ފައިސާ ލިބިފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Haaufaa
MDP halaakaa dhimaa ah dhathuru fashanee dhw