ބިލީ އެއިލިޝްގެ އާލުކްގެ ޖާދޫގައި އެންމެން ޖެހިއްޖެ

ބިލީ އެއިލިޝްގެ އާލުކްގެ ޖާދޫގައި އެންމެން ޖެހިއްޖެ

Author
ފާތިމަތު ނާވީ
08 މެއި 2021 07:50
0

ބިލީ އެއިލިޝްގެ އާލުކާ އެކުގައި ހުރިހާ ބެލުންތެރިންގެ ސަމާލުކަން ވަނީ އޭނާ އަށް ލިބިފައެވެ. އެގޮތުން އޭނާ ވަނީ އިސްތަށިގަނޑުގެ ކުލަ ވެސް ބަދަލު ކޮށްފަ އެވެ.

ބިލީ މި ބަދަލުތައް ގެނެސްފައިވަނީ "ވޯގް" މެގަޒިންއަށް ކޮށްފައިވާ ފޮޓޯޝޫޓަކަށެވެ. މި ޝޫޓުގައި ބިލީ ފެނިގެން ގޮސްފައިވަނީ އޭނާ އާންމުކޮށް ފެންނަ ގޮތާއި މުޅިން ތަފާތުކޮށެވެ. އާންމުކޮށް ބިލީ ލައި އުޅެނީ ގަޔަށް ދޫ ޓީޝާޓް ފަދަ ހެދުމެވެ.

 

View this post on Instagram

 

A post shared by BILLIE EILISH (@billieeilish)

މި ފޮަޓޯތަކަށް ވަރަަށް ގިނަ ބެލުންތެރިންގެ ސަމާލުކަން ވަނީ ލިބިފައެވެ. އަދި ފޮޓޯތަށް ހިއްސާކުރިތާ ހަފްތާއެއް ނުވަނީސް އިންސްޓަގްރާމުގައި އެންމެ ގިނަ ލައިކް ލިބުނު ފޮޓޯތައް ތެރޭގައި މި ފިޓޯތައް ވަނީ މިހާރު ހިމެނިފަ އެވެ.

ބިލީ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ބުނެފައިވަނީ ސަމާލުކަން ހޯދުމަށް ކުރު، ގަޔަށްބާރު އަދި ނިވާކަން ކުޑަ ހެދުން ލާން ޖެހޭ ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.