ހުޅުމާލޭގެ އިންތިޚާބީ ކައުންސިލަރު ޝުޖާ ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ހުޅުމާލޭގެ އިންތިޚާބީ ކައުންސިލަރު ޝުޖާ ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

Author
މުޙައްމަދު ޝަޒައިމް
06 މެއި 2021 01:07
0

ހުޅުމާލޭގެ ފުރަތަމަ އިންތިޚާބީ ކައުންސިލަރު އަދި ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ޝުޖާ ޕޮޒިޓިވް ވެފައިވާކަން އެގުނީ މިރެއެވެ. މިރޭ ހުން ގަދަވެގެން ޝުޖާވަނީ ހޮސްޕިޓަލުންވެސް ފަރުވާ ހޯދާފައެވެ. ޝުޖާވަނީ މީގެ ދެ ދުވަހެއް ކުރިން ހުޅުމާލޭގެ ތަރައްޤީގެ ކަންކަމާއި ގުޅޭގޮތުން އެޗްޑީސީއާއިވެސް ބައްދަލުކޮށްފައެވެ. ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު މިއަދުވެސް ވަނީ 700 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

ޝުޖާ ޕޮޒިޓިވްވުމާއި ގުޅިގެން އެޕާޓީގެ އިސްވެރިންނާއި، ގިނަ އާންމު ރައްޔިތުން ވަނީ އޭނާއަށް ހެޔޮ ދުއާކޮށް ޓުވީޓް ކުރަމުންނެވެ. އެގޮތުން މާލެ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ.މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ އިންތިޚާބީ ކައުންސިލް މެމްބަރ އިބްރާހިމް ޝުޖާއު ކޯވިޑް19 އަށް ޕޮޒިޓިވްވި ޚަބަރަކީ ވަރަށް ހިތްދަތި ހިތާމަވެރި ޚަބަރެއް ކަމަށާއި، ޝުޖާއަށް އަވަސް ޝިފާ މިންވަރު ކުރެއްވުން އެދި الله سبحانه وتعالى ގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމަށެވެ.

ރާއްޖެއިން ކޯވިޑް ކޮންޓްރޯ ކުރުމަށްޓަކައި މާދަމާ ރެއިން ފެށިގެން ރޭގަނދު 9 އިން ފެށިގެން ފަތިހު 4 އާއި ހަމައަށް އެއްގޮތަކަށްވެސް ބޭރަށް ނިކުމެ އުޅުމަކީ މަނާ ކަމެއްކަމަށް ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

S SHALINY
Adhives dhaan vy hen heevany muzaaharaa kohllan. Rayyithunge dhifaaugai ulhey bayaku viyya madun thibe bala rayyithunge haggugai