އެޗްޕީއޭއިން ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޯވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، 6 މެއި 2021 ގައި މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ކާފިއު ހިންގުމަށްވަނީ ނިންމާފައިވާކަމަށެވެ.
މި ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާކަމެއްކަމަށާއި، އަދި ޟަރޫރީ ބޭނުމަށާއި ޑެލިވަރީގެ ޙިދުމަތްތަކަށް ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ކޯވިޑްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެ، އެގޮތުން މާލެ ސަރަހައްދުގައި އޮފީސްތައް ބަންދުކޮށް ގޭގައި މަސައްކަތް ކުރުމަށް ނިންމުމާއި، ސްކޫލޫތަކާއި، ކޮލެޖްތައްވެސް މިހާރުވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުންވެސް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
އަޅާފައިވާ ފިޔަވަޅުތައް:
– ސްކޫލްތަކުގައި ހަމައެކަނި އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންދިއުން. (އިމްތިހާންތައް ކުރިޔށް ގެންދެވޭގޮތަށް)
– ސަރުކާރުގެ އޮފީސްތައް ނުހުޅުވައި މި މުއްދަތުގެ ތެރޭގައި ގޭގައި ތިބެގެން މަސައްކަތްތައް، ގޭގައި ތިބެގެން ކުރުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދިނުން.
– ޕާކުތަކާއި، މައިދާންތަކާއި، ކުޅިވަރު ކުޅޭ ތަންތަނާއި ސްވިމިންގ ޓްރެކްތައް ބަންދުކުރުން.
– ކުޅިވަރު ކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓާލުން. (ޚާއްޞަ ހުއްދައެއްގެ ދަށުން ފިޔަވައި)
– މިސްކިތްތަކުގައި ނަމާދު ކުރާއިރު ނޭފަތާއި އަނގަ ނިވާވާގޮތަށް މާސްކު އެޅުމާއި، ގައިދުރުކަން ބެހެއްޓުން. ( އަމިއްލަ މުސައްލަ ގެންދިއުމަށް އިލްތިމާސްކުރުން.)
– ރޭގަނޑު 12 އިން ފެށިގެން ފަތިހު 4 އަށް ވެހިކަލް ދުއްވުން މަނާކުރުން.
– ހުއްދަޔާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވާ މީހުން ދިރިއުޅޭ ރަށް ރަށާއި ސިނާއީ މަސައްކަތްކުރާ ރަށްރަށަށް ދަތުރުކުރުން ހުއްޓާލުން. ( ދަތުރުކުރާ ފަރާތްތައް ދިހަ ދުވަހުގެ ކަރަންޓީނަކާއި އެކު މާލެއިން ރަށް ރަށަށް ދަތުރުކުރުން)
– ވެކްސިން ޖެހުމުން ދަތުރު ކުރުމަށް ލިބިފައިވާ ލުއި މެދުކަނޑާލުން،
– ކޮވިޑް 19 ގެ ހާލަތާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދިނުމުގެ ކަންކަން މިއޮފީހުގެ ކޮމިއުނިކޭޝަންސް އޮފީހާ ގުޅިގެން ކުރިއަށް ގެންދިއުން.
– އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް ހުށަހަޅުއްވާފައިވާ ގޮތަށް ކުރިއަށް ގެންދިއުން.
ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން ބޮޑުވެ ބަލީގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިއަދުވެސް ރާއްޖެއިން ވަނީ 700 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައެވެ.
ކޮމެންޓު ފޮނުވާ