ރޯދަ އާއި ސުވާލު: ރޯދައަށްހުރެ ނާރަށް އިންޖެކްޝަން ޖެހުން

ރޯދަ އާއި ސުވާލު: ރޯދައަށްހުރެ ނާރަށް އިންޖެކްޝަން ޖެހުން

Author
ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް
05 މެއި 2021 09:35
0

އަޅުގަޑުގެ ރަޙްމަތްތެރި އެކެވެ. އޭނާ އަކީ ކެންސަރަށް ފަރުވާ ހޯދަމުން ދާ މީހެކެވެ. އޭނާގެ ބަލި ޙާލަތު ހުރި ގޮތުން ރޯދަ އަށް ހުންނަ ވަގުތުގައިވެސް ނާރަށް ހުންނަނީ އިންޖެކްޝަނެއް ގުޅާފައެވެ. އޭނާގެ ރޯދަ ކަމުދާނެތޯއެވެ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

ރޯދަވެރިޔާ ރަމަޟާން މަހު ދުވާލުގެ ވަގުތުގައި އިންޖެކްޝަން ޖެހުމުގައި އޮތީ ދެޙާލަތެކެވެ. އެއީ:

– މި އިންޖެކްޝަނީ އޭގެ ސަބަބުން ގައިގާ ބާރު ޖައްސާ އެއްޗެއް ކަމުގައިވުން. އެގޮތުން މި އިންޖެކްޝަން ޖެހުމުން ކެއުމާއި ބުއިމުން ދުރުހެލި ކުރުވާފަދަ އިންޖެކްޝަނަކަށް ވުން. މިފަދަ އިންޖެކްޝަން ޖަހައިފިނަމަ ރޯދަ ގެއްލޭނެއެވެ.

– ގައިގާ ވަރު ޖައްސާ ވައްތަރުގެ އިންޖެކްޝަނަކަށް ނުވުން. މިފަދަ އިންޖެކްޝަން ޖަހައިގެން ރޯދަ އެއް ނުގެއްލޭނެއެވެ. މިފަދަ އިންޖެކްޝަން ނާރަށް ޖެހިޔަސްވެސް އަދި މަސްގަނޑަށް ޖެހިޔަސްވެސް ފަތާތެއް ނެތެވެ. އެބަހީ ރޯދަ އެއް ނުގެއްލޭނެއެވެ.

ނަމަވެސް މިފަދަ އިންޖެކްޝަން ތައް ރޭގަނޑުގެ ވަގުތުގައި ޖެހުން އެއީ އެންމެ މޮޅު ގޮތެވެ. والله أعلم

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.