ހުމާލޭ މުނިޕަލް ޚިދުމަތްދެމުންދާ ގޮތުގެ މައުލޫމާތު އިންތިޚާބީ މޭޔަރާއި ކައުންސިލަރު އޮޅުންފިލުވައިފި

ހުމާލޭ މުނިޕަލް ޚިދުމަތްދެމުންދާ ގޮތުގެ މައުލޫމާތު އިންތިޚާބީ މޭޔަރާއި ކައުންސިލަރު އޮޅުންފިލުވައިފި

Author
މުޙައްމަދު ޝަޒައިމް
04 މެއި 2021 06:27
0

ހުމާލޭގެ މުނިޕަލް ޚިދުމަތްދެމުންދާ ގޮތުގެ މައުލޫމާތު މާލެ ސިޓީ ކައުންސިލްގެ އިންތިޚާބީ މޭޔަރާއި، ހުޅުމާލޭ ދާއިރާގެ ފުރަތަމަ ކައުންސިލަރު އިބްރާހިމް ޝުޖާ އޮޅުންފިލުވައިފިއެވެ.

މިއަދު ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައި އޮތް މިބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖްމަންޓުގެ އިސް ބޭފުޅުންނާއި، މާލެ ސިޓީ ކައުންސިލްގެ އިންތިޚާބީ މޭޔަރު ޑރ.މުއިއްޒުއާއި، ހުޅުމާލޭ ކައުންސިލަރ ސުޖާ ވަނީ ބައިވެރި ވެ ވަޑައިގެންފައެވެ.

މިބައްދަލުވުމައި މަޝްވަރާ ކުރެވިފައިވަނީ ހުޅުމާލޭގެ ރައްޔިތުންނަށް ދެވޭ މުނިސިޕަލް ޚިދުމަތްތަކާއި ގުޅޭ ގޮތުންނާއި، މިހާރު މި ޚިދުމަތްތައް އެޗްޑީސީން ފޯރުކޮށްދެމުން ގެންދާ ގޮތާއި ގުޅޭ ގޮތުންނެވެ. އަދި މިނޫންވެސް އެޗްޑީސީން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅޭ މަޢުލޫމާތު ވަނީ ސާފުކުރައްވާފައެވެ. ހުޅުމާލޭގެ އިންތިޚާބީ ކައުންސިލަރު ޝުޖާ ވިދާޅުވެފައިވަނީ ހުޅުމާލޭ ރައްޔިތުންގެ ކަންބޮޑުވުން ތަކަށް ޙައްލުހޯދުމުގައި އަޅުގަނޑު ވަރުބަލިވުމެއްނެތި މަސައްކަތްކޮށްދޭނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

މި ބައްދަލުވުން އިންތިޒާމުކޮށްދެއްވިކަމަށްޓަކައި އެޗްޑީސީގެ މެނޭޖްމަންޓާއި، މުވައްޒަފުންނަށް ޝުކުރު ދަންނަވަން. ހުޅުމާލޭ ރައްޔިތުންގެ ކަންބޮޑުވުން ތަކަށް ޙައްލުހޯދުމުގައި އަޅުގަނޑު ވަރުބަލިވުމެއްނެތި މަސައްކަތްކޮށްދޭނެ ކަމުގެ ޔަޤީންކަން އަރުވަން.

– ޝުޖާ ވިދާޅުވިއެވެ.

ޝުޖާވަނީ ކައުންސިލް އިންތިޚާބުގައިވެސް ހުޅުމާލޭގެ ރައްޔިތުން ދެންނެވި ކަންކަން ކޮށްދެއްވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އިންތިޚާބުވުމަށްފަހުވެސް ޝުޖާ ގެންދަވަނީ ހުވާ ކުރެއްވުމުގެ ކުރިން ހުޅުމާލޭގައި ހުރި މައްސަލަތައް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

S SHALINY
Suruhee gai eiy keekeythoa.this is too much.