މިނިސްޓަރ ޒަހާ މަޤާމުން ވަކިކޮށްފަ، މިއަދުވެސް މިނިސްޓްރީއަށް ވަޑައިގެން މަސައްކަތުގައި

މިނިސްޓަރ ޒަހާ މަޤާމުން ވަކިކޮށްފަ، މިއަދުވެސް މިނިސްޓްރީއަށް ވަޑައިގެން މަސައްކަތުގައި

Author
މުޙައްމަދު ޝަޒައިމް
04 މެއި 2021 05:54
0

ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ރޭގެ ދަންވަރުގެ ވަގުތެއްގައި މަޤާމުން ވަކިކޮށްފައި ވީނަމަވެސް މިއަދު ވަނީ މަސައްކަތަށް ނިކުމެ ވަޑައިގެންް އޮފިޝަލް އެވެންޓެއްގައިވެސް ބައިވެރިވެފައެވެ.

މިނިސްޓަރ ޒަހާ މަޤާމުން ވަކިކޮށްފައިވާކަން ކުއްލި ގޮތަކަށް އަންގާފައިވަނީ ރޭ ދަންވަރު ބާރަ ޖަހަން އުޅެނިކޮށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ފޯނުން ގުޅުއްވައެވެ. ޒަހާ މަޤާމުން ވަކި ކުރެއްވި ނަމަވެސް މިއަދު ވަނީ ވުޒާރާއަށް ވަޑައިގެން ރަސްމީ މަސައްކަތުގައިވެސް އުޅުއްވާފައެވެ.

އެގޮތުން ދަނޑުވެރިކަން ކުރުމަށް އެގްރޯނެޓަށް ސަރުކާރުން ދޫކުރާ 2 ރަށެއްގެ އެގްރިމަންޓްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ނަންގަވާފައިވާ ފޯޓޯވެސް ވަނީ އެގްރޭނެޓުން ޓްވީޓްވެސް ކުރައްވާފައެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއަށް ސަރުކާރުން ދޫކޮށްފައިވަނީ ހއ. މުލިދޫ އާއި ލ. ގާދޫ އާއި ގދ. ގަމެވެ. މިރަށްތަކުގެ ތެރެއިން ސޮއިކޮށްފައިވަނީ ހއ. މުލިދޫ، ލ. ގާދޫގެ އެއްބަސްވުމުގައެވެ. އެގްރޯނެޓަށް މިރަށްތައް ދަނޑުވެރިކަމަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެގްރޯނެޓާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާ ދެމެދުއެވެ.

މިނިސްޓަރ ޒަހާ މަޤާމުން ވަކިކުރެއްވުމުގެ ރަސްމީލިޔުން ހަވާލު ކުރިކަމެއް ސާފު ނުވިނަމަވެސް ޒަހާ މަޤާމުން ވަކިކޮށްފައިވަނީ ފޯނު ކޯލަކުން ކަމަށްވާތީ އަދި މިކަމުގައި ސަރުކާރުން ރަސްމީ ބަހެއް ބުނެފައި ނުވެއެވެ. ޒަހާ މަޤާމުން ވަކިކުރިކަން އަންގަވާފައިވާއިރު، މިކަމުގައި އެކަނާ ނިސްބަތްވާ އެމްއާރުއެމްއާއި އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާކަމަށް އެ ޕާޓީން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.