ޢާންމުން ގޭބަންދު ކުރިޔަސް ސިޔާސަތު ލާހޫރޭހާހިނދަކު ކޮވިޑް ކޮންޓްރޯލެއް ނުވާނެ ކަމުގައި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝިފާޤް މުފިދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންހެ އަދަދު އިންތިހާއަށް މައްޗަށް ގޮސް ކޮންޓްރޯލް ނުވާ ހިސާބަށް ދިއުމުން މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ހިސްޓޯ ވިދާޅުވީ ފިޔަވަޅު އެޅި ކަމުގައި ވީނަމަވެސް ސިޔާސަތު ރަނގަޅު ނުވާނަމަ ބަލި ކޮންޓްރޯލް ކުރުމަށް ދަތިތަކާއި ކުރިމަތިވާނެކަމަށެވެ. ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ހަމައެއް ލަމައެއްނެތި ލާހޫރޭ ސިޔާސަތެއް ކަމަށް ހިސްޓޯ ވިދާޅުވިއެވެ.
ޢާންމުން ގޭބަންދު ކުރިޔަސް ސިޔާސަތު ލާހޫރޭހާހިނދަކު ކޮންޓްރޯލެއް ނުވާނެ. ރާޅު ބޮޑުވީ އިންޑިއާ ބާނި ރާއްޖޭގެ ރަށްތަކަށް ގޮނޑުކުރުވީމަ ކެކުރި އިންސާފުން ކަރަންޓީނު ކޮށް ދަތުރުފަތުރު ކުރީމަ.
– ހިސްޓޯ ވިދާޅުވިއެވެ.
ރާއްޖޭގައި މިފަހުން ކޯވިޑްގެ ކޭސްތައް އިތުރުވެފައިވަނީ އިންޑިޔާއިން އެކި ޤައުމުތަކަށް ކަރަންޓީނަށްދާ މީހުންގެ ކަރަންޓީން ފެސިލިޓީއަކަށް ރާއްޖެ ހެދުމުންކަމަށް ގިނަބަޔަކު ބުނެއެވެ. އަދި މިގޮތަށް ކަރަންޓީންވާން އަންނަ މީހުން ރަށްރަށުގައި އެއްވެސް ރައްކާތެރިކަމެއްނެތި ކަރަންޓީން ފުރިހަމަ ނުކޮށް ބޭރު ތެރޭގައި އުޅޭކަމުގެ ޝަކުވާއާއި ކަންބޮޑުވުން އެރައްތަކުގެ ރައްޔިތުންގެވެސް ފާޅު ކޮށްފައިވެއެވެ.
ކޯވިޑުގެ ނުރައްކާ ދުނިޔޭގައިވެސް މިވަގުތު އެންމެބޮޑު އިންޑިޔާ ރާއްޖެ އަންނަ މީހުން ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވީނަމަވެސް ކަރަންޓިން ވާންޖެހޭގޮތަށް މިހާރު ވަނީ އުސޫލަށް ބަދަލު ނެގެސްފައެވެ. އަދި ރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތްތަކެއްވެސް ކަރަންޓީންވާންޖެހޭ ގޮތަށް އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ.
ކޮމެންޓު ފޮނުވާ