އައްޑޫ ސިޓީން ޕޮޒިޓިވްވި މީހުންގެ އަދަދު 25 އަށް

އައްޑޫ ސިޓީން ޕޮޒިޓިވްވި މީހުންގެ އަދަދު 25 އަށް

Author
މުޙައްމަދު ޝަޒައިމް
04 މެއި 2021 04:45
0

ރާއްޖޭގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގައި ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 25 އަށް އަރައިފިއެވެ.

އައްޑޫ ސިޓީން ޕޮޒިޓިވްވި މީހުންގެ އަދަދު، އިތުރުވެފައި މިވަނީ ހިތަދޫ ފްލޫ ކްލިނިކަށް ދެއްކި ފޭދޫ މީހަކު ޕޮޒިޓިވްވެ މުޅި ސިޓީ މޮނީޓަރިންއަށް ލާފައިވާ ދަނޑިވަޅެއްގައެވެ. ފޭދޫއިން ޕޮޒިޓިވްވި މީހާގެ އިތުރުން ފްލޫ ކްލިނިކަށް ދެއްކި ހިތަދޫ މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ. ހިތަދޫން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގްއިން މިހާތަނަށް ޑައިރެކްޓު ކޮންޓެކްޓުންގެ ތެރެއިން 6 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. މީގެއިތުރުން ހިތަދޫގައި ހޯމް ކަރަންޓީނުގައި ތިބި 2 މީހަކު ފުރަބަންދު ނިންމުމަށްފަހު ހެދި ސާމްޕަލް އިންވަނީ ޕޮޒިޓިވްވެފައެވެ.

ހިތަދޫގެ އިތުރުން، ހުޅުމީދޫންވެސް ފްލޫ ކްލިނިކަށް ދެއްކި މީހަކުވަނީ ޕޮޒިޓިވް ވެފައެވެ. އަދި އެކްލަސްޓަރ އާއި ގުޅިގެން 14 މީހަކު އެރަށުން ޕޮޒިޓިވްވެފައިވެއެވެ. މިމީހުންގެ އިތުރުން އައްޑޫސިޓީ ޝަންގްރިލާ ރިސޯޓުގައި ހުރި މީހަކުވެސް ޕޮޒިޓިވް ވެފައިވާކަމަށް އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެއެވެ.

އައްޑޫގައި މިހާރު ފެންނަމުންދާ ކޯވިޑް ކޭސްތަކާއިގެން، ގުޅިގެން އައްޑޫ ސިޓީ މޮނީޓަރިންއަށް ލާފައިވަނީ، މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުއެވެ. އޭގެ ކުރީން ހުޅުމީދޫން ބަޔަކު ޕޮޒިޓިވްވެ އެރަށް ބުރާސްފަތި ދުވަހުވަނީ މޮނީޓަރިން އަށް ލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.