ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލައި ފުލުހުން ހިންގި އަމަލުތައް ބަލައިދިނުމަށް މޭޔަރު ސިފާ ގޮވާލައިފި

ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލައި ފުލުހުން ހިންގި އަމަލުތައް ބަލައިދިނުމަށް މޭޔަރު ސިފާ ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
02 މެއި 2021 09:50
0

ވަޒީފާގެ މާހައުލުގައި ކުރާ ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައާއި ދެކޮޅަށް ކުރި މުޒާހަރާ ފުލުހުން ބާރުގެ ބޭނުންކޮށް ރޫޅާލުމުގައި އަމަލުކޮށްފައިވާ ގޮތް ކޮށްވެރިކޮށް އެކަން ބަލައި ދިނުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދު ގޮވާލާއިފިއެވެ.

ރޭ ކުރި މުޒާހަރާގައި ފުލުުން ވަނީ މުޒާހަރާއަށް ޖާގަނުދީ މުޒާހަރާ ހުއްޓުވައި މަދު ޒުވާނުން ކޮންޓްރޯލް ކުރުމަށް އާދަޔާއި ޚިލާފަށް ބާރުގެ ބޭނުންކޮށްފައެވެ. މިމުޒާހަރާއާއި ގުޅިގެން މާލެ ސިޓީގެ މޭޔަރު ސިފާ ވިދާޅުވީ މާލޭގައި މިގޮތަށް ސުލްހަވެރިކަމާއިއެކު ކުރެވޭ މުޒާހަރާތައް ޖާގަ ދޭންޖެހޭކަމަށެވެ. އަދި މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ބާރުގެ ބޭނުން ފުލުހުންކޮށް ހިންގި އަމަލުތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ދިނުމަށް ސިފާ ވަނީ އެދިވަޑައިގެންފައެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ބާރުގެ ބޭނުން ކުރި ކުރުން ކުށްވެރިކުރަން. ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ފަހަނަ އަޅާދިއުމުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވައި ދެއްވުމަށް އެދެން.

– ސިފާ ވިދާޅުވިއެވެ.

ފުލުހުން ބުނެފައިވަނީ މިރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާގޮތް، ޚާއްސަ އިސްކާމެއް ދީގެން، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުންނާއި ޔޫސް އޮފް ފޯސްރިވިއު ކޮމިޓީން ބަލަން ފަށާފައިވާކަމަށެވެ. މި މައްސަލައިގައި އިތުރު ތަފްސީލް މައްސަލަ ކުރިއަށްދާ ވަރަކުން ހިއްސާ ކުރަމުންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރޭގެ މުޒާހަރާގައި ފުލުުން ވަނީ އާދަޔާއި ޚިލާފަށް ބާރުގެ ބޭނުންކޮށް އެއްވި ޒުވާނުންނަށް އެކި ވަރުގެ އަނިޔާކޮށްފައެވެ. އަދި ސީދާ މަކި މީހަކަށް އަމާޒުކޮށް މޫނާއި ދިމާލަށް ޕެޕާސްރޭ ޖަހާފައިވާ ވީޑިއޯވެސް ދަނީ ދައުރުވަމުންނެވެ. މިމުޒާހަރާ ކޮންޓްރޯ ކުރުމުގައި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެފައިވެއެވެ.

ސުލްހަވެރިކަމާއިއެކު ކުރި މުޒާޖަރާގައި ފުލުހުން ވަނީ މުޒާހަރާގެ އަންހެން ބައިވެރިއަަކު ފަހަށް ބިޑި އަޅުވައި އެކި ވަރުގެ އަނިޔާކޮށްފައެވެ. ގިނަ އަދަދެއްގެ ފުހުން އޭނާ ވަށާލުމަށްފަހު އެކި އަނިޔާދިންތައް ސޯޝަލް މިޑިޔާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Haaufaa
Furathama shifa aai medhu fiyavalhu alhan feney. fuluhunves mithaaga harakaaitheri veveynee maley city ge hudha libigen.