މާވަށުން ހޯދި ކާމިޔާބީއަށް ރައީސް ޔާމީންއާއި، ޕީޕީއެމްގެ ލީޑަރޝިޕްގެ ހޫނު މަރުހަބާއެއް!

މާވަށުން ހޯދި ކާމިޔާބީއަށް ރައީސް ޔާމީންއާއި، ޕީޕީއެމްގެ ލީޑަރޝިޕްގެ ހޫނު މަރުހަބާއެއް!

Author
މުޙައްމަދު ޝަޒައިމް
02 މެއި 2021 07:00
0

ލ.މާވަށުގެ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ސައްތައިން ސައްތަ ކާމިޔާބީ ހޯދުމުން އެދާއިރާގެ ރައްޔިތުންނަށް ރައީސް ޔާމީނާއި ،ޕީޕީއެމްގެ ލީޑަރޝިޕުން މަރުހަބާ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން ހޯދި ކާމިޔާބީފާހަގަކޮށް ނެރުނު ބަޔާނެއްގައި ބުނީ ލ. މާވަށުގައި ބެހެއްޓި 2 ނަންބަރު ވޯޓު ފޮށްޓަށް ލީ ވޯޓުތަކުގެ ތެރެއިން ލ. މާވަށު ކައުންސިލްގެ ރައީސް އާއި ކައުންސިލް މެންބަރުގެ ވޯޓުތައް ބާޠިލުކޮށް އަލުން ނެގުނު ވޯޓު ނެގުމުން ލ. މާވަށު ކައުންސިލްގެ ރައީސް ގެ މަޤާމާއި ކައުންސިލްގެ މެންބަރުގެ މަޤާމު ޕީ.ޕީ.އެމް. ގެ ކެންޑިޑޭޓުން ވަނީ ސަރުކާރު ކެންޑިޑޭޓުންގެ މައްޗަށް ކާމިޔާބު ހޯދާފައިކަމަށެވެ.

އެގޮތުން ލ. މާވަށު ކައުންސިލްގެ ރައީސްގެ ގޮނޑި ޕީ.ޕީ.އެމް ގެ ކެންޑިޑޭޓު އަހްމަދު މޫސާ 4 ވަނަ ފަހަރަށް ކާމިޔާބު ކޮށްފައިވަނީ 26 ވޯޓުގެ ތަފާތަކާއެކުއެވެ. އަދި މާވަށު ކައުންސިލް މެންބަރުގެ ގޮނޑި ޕީ.ޕީ.އެމް ގެ ކެންޑިޑޭޓު އިބްރާހީމް އަބޫބަކުރު ކާމިޔާބު ކޮށްފައިވަނީ 11 ވޯޓުގެ ތަފާތަކާއެކުއެވެ. މި ނަތީޖާއާއި އެކު ލ. މާވަށު ކައުންސިލްގެ 5 ގޮނޑިއާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ 5 މެންބަރުންނާއެކު ޖުމްލަ 10 ގޮނޑި ޕީ.ޕީ.އެމް އިން ވަނީ ކާމިޔާބުކޮށްފައެވެ.

ލ. މާވަށުން މިހޯދީ ކާމިޔާބީގެ އުފަލުގައި، ޕީ.ޕީ.އެމް ގެ ރައީސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕާއި، ކައުންސިލާއި ސްޓިއަރިންގ ކޮމިޓީ ތަކާއި ޢާންމު މެންބަރުންގެ ނަމުގައި މަރުޙަބާ ދަންނަވަން.

ލ. މާވަށުގައި ބެހެއްޓުނު 2 ނަންބަރު ވޯޓު ފޮށްޓަށް ލާފައިވާ ވޯޓުތަކުގެ ތެރެއިން ކައުންސިލް ރައީސް އާއި ކައުންސިލް މެންބަރުގެ އެއް މަޤާމުގެ ވޯޓު ބާޠިލުކޮށް އެފޮށީގެ ވޯޓު އަލުން ނަގާފައިވަނީ 10 އޭޕްރީލް 2021 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެ ވޯޓު ފޮށްޓަށް ދާއިރާއިން ބޭރު މީހަކު ވޯޓުލުމާއި ގުޅިގެންނެވެ.

ހަމަ މިއާއެކު، މިފަހަރުގެ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި ޕީ.ޕީ.އެމް އިން ވާދަކުރި ގޮނޑިތަކުގެ 50 އިންސައްތަ އަށް ވުރެ ގިނަ ގޮނޑި ޕީ.ޕީ.އެމް އިން ވަނީ ކާމިޔާބުކޮށްފައެވެ. އެހެން ކަމުން މުޅި ރާއްޖެއިން ޕީ.ޕީ.އެމް ހޯދީ ބޮޑު ކާމިޔާބީގައި މަސައްކަތް ކުރެއްވި އެންމެހާ ބޭފުޅުންނަށާއި ޕީ.ޕީއެމް. އަށް ވޯޓު ދެއްވި އެންމެހާ ރައްޔިތުންނަށް ޕީ.ޕީ.އެމް. ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ކޯލިޝަންގެ ލީޑަރޝިޕާއި، ކައުންސިލާއި، ސްޓިއަރިންގ ކޮމިޓީތަކުގެ ނަމުގައި ވަނީ ޝުކުރު ދަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.