އެއްވުން ރޫޅާލުމުގައި ފުލުން އަމަލުކުރަންޖެހޭ މިންގަނޑާއި ޚިލާފްވެފައިވޭތޯ ބަލާނަން: އިމްރާން

އެއްވުން ރޫޅާލުމުގައި ފުލުން އަމަލުކުރަންޖެހޭ މިންގަނޑާއި ޚިލާފްވެފައިވޭތޯ ބަލާނަން: އިމްރާން

Author
މުޙައްމަދު ޝަޒައިމް
02 މެއި 2021 09:19
0

ޖިންސީ ފުރައްސާރައާއި، ޖިންސީ ގޯނާއާއިދެކޮޅަށް ރޭ ޒުވާނުންތަކެއް މާލޭގައި ކުރި ސުލްހަވެރި އިހުތިޖާޖު ރޫޅާލުމުގައި ފުލުހުން މިފަދަ ހާލަތްތަކުގައި ބޭނުންކުރަންޖެހޭ ބާރުގެ ބޭނުން ގަވާއިދާއި ޚިލާފަށް ބޭނުން ކޮށްފައިވޭތޯ ބަލާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ ޒުވާނުން އިސްނަގައިގެން މާލޭގައި ކުރި މުޒާހަރާގައި ފުލުހުން ވަނީ އެއްވި މީހުންގެ ތެރެއިން ބައެއް ޒުވާނުންނަށް ބޮޑެތި އަނިޔާތަކެއްކޮށްފައެވެ. ސޯޝަލް މީޑިޔާއިން އާންމުވެފައިވާ ވީޑިޔޯތަކުން ސީދާ ވަކި މީހަކަށް އަމާޒުކޮށް ޕެޕާސް ޕްރޭ ޖަހާފައިވާކަން ވަނީ ފާހަގަވެފައެވެ. އަދި ސީދާ މީހާގެ މޫނަށް އަމާޒުކޮށް ސްޕްރޭ ވަނީ ޖަހާފަައެވެ.

މިކަމާއި ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ ފުލުހުން ބާރުގެ ބޭނުން ކުރަން ޤާނުނުގައި ހުއްދަކުރާ ހާލަތުގައިވެސް ބާރުގެ ބޭނުން ކުރަންވާނީ ބާރުގެ ބޭނުން ކުރުމަށް ކަނޑައެޅިފައި އޮންނަ މިންގަނޑުގެ ތެރެއިން ކަމަށެވެ. ނަމަވެސް ރޭގެ ހާދިސާގައި އަމަލުކޮށްފައިވަނީ ފުލުުން މިފަދަ ހަރަކާތްތަކުގައި އަމަލު ކުރަން އޮންނަ މިންގަނޑުގެ ތެރެއިންތޯ ބަލައި އެކަން ހިނގާފައިވާ ގޮތް ބައްލަވާނެކަމަށެވެ.

ފުލުހުން ބާރުގެ ބޭނުން ކުރަން ޤާނުނުގައި ހުއްދަކުރާ ހާލަތުގައިވެސް ބާރުގެ ބޭނުން ކުރަންވާނީ ބާރުގެ ބޭނުން ކުރުމަށް ކަނޑައެޅިފައި އޮންނަ މިންގަނޑުގެ ތެރެއިން. ރޭ ހިނގައިދިޔަ ހާދިސާގައި ޔޫސް އޮފް ފޯސްގެ މިންގަނޑުތަކާއި ޚިލާފަށް އެއްވެސް ކަމެއް ހިނގާފައިވޭތޯ ބާލަނަން.

– އިމްރާން ވިދާޅުވިއެވެ.

ރޭގެ މުޒާހަރާގައި ފުލުުން ވަނީ އާދަޔާއި ޚިލާފަށް ބާރުގެ ބޭނުންކޮށް އެއްވި ޒުވާނުންނަށް އެކި ވަރުގެ އަނިޔާކޮށްފައެވެ. އަދި ސީދާ މަކި މީހަކަށް އަމާޒުކޮށް މޫނާއި ދިމާލަށް ޕެޕާސްރޭ ޖަހާފައިވާ ވީޑިއޯވެސް ދަނީ ދައުރުވަމުންނެވެ. މިމުޒާހަރާ ކޮންޓްރޯ ކުރުމުގައި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެފައިވެއެވެ.

ސުލްހަވެރިކަމާއިއެކު ކުރި މުޒާޖަރާގައި ފުލުހުން ވަނީ މުޒާހަރާގެ އަންހެން ބައިވެރިއަަކު ފަހަށް ބިޑި އަޅުވައި އެކި ވަރުގެ އަނިޔާކޮށްފައެވެ. ގިނަ އަދަދެއްގެ ފުހުން އޭނާ ވަށާލުމަށްފަހު އެކި އަނިޔާދިންތައް ސޯޝަލް މިޑިޔާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.