މިރޭގެ މުޒާހަރާގައި ފުލުހުން އަމަލުކުރި ގޮތް ތަހުގީގް ކުރަން ފަށައިފި

މިރޭގެ މުޒާހަރާގައި ފުލުހުން އަމަލުކުރި ގޮތް ތަހުގީގް ކުރަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
02 މެއި 2021 12:21
0

މޭޑޭއާއި ގުޅިގެން ޒުވާނުންތަކެއް ޖިންސީ ފުރައްސާރައާއި، ޖިންސީ އަނިޔާއާއި ދެކޮޅަށް މިރޭގެ މުޒާހަރާގައި ފުލުހުން އަމަލުކުރި ގޮތް ތަހުގީގް ކުރަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ މިރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާގޮތް، ޚާއްސަ އިސްކާމެއް ދީގެން، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުންނާއި ޔޫސް އޮފް ފޯސްރިވިއު ކޮމިޓީން ބަލަން ފަށާފައިވާކަމަށެވެ.

މި މައްސަލައިގައި އިތުރު ތަފްސީލް މައްސަލަ ކުރިއަށްދާ ވަރަކުން ހިއްސާ ކުރަމުންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިރޭގެ މުޒާހަރާގައި ފުލުުން ވަނީ އާދަޔާއި ޚިލާފަށް ބާރުގެ ބޭނުންކޮށް އެއްވި ޒުވާނުންނަށް އެކި ވަރުގެ އަނިޔާކޮށްފައެވެ. އަދި ސީދާ މަކި މީހަކަށް އަމާޒުކޮށް މޫނާއި ދިމާލަށް ޕެޕާސްރޭ ޖަހާފައިވާ ވީޑިއޯވެސް ދަނީ ދައުރުވަމުންނެވެ. މިމުޒާހަރާ ކޮންޓްރޯ ކުރުމުގައި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެފައިވެއެވެ.

ސުލްހަވެރިކަމާއިއެކު ކުރި މުޒާޖަރާގައި ފުލުހުން ވަނީ މުޒާހަރާގެ އަންހެން ބައިވެރިއަަކު ފަހަށް ބިޑި އަޅުވައި އެކި ވަރުގެ އަނިޔާކޮށްފައެވެ. ގިނަ އަދަދެއްގެ ފުހުން އޭނާ ވަށާލުމަށްފަހު އެކި އަނިޔާދިންތައް ސޯޝަލް މިޑިޔާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Hameed
Thi thahygeegu nimeynee ehvumuga baiverivi meehunah aniya kuri fuluhunnah promotion dhinumah fahu