މަސައްކަތްތެރިންނަށް ކޮށްދެެވޭނެ އެންމެބޮޑު ހެޔޮކަމަކީ، ދާ ނުހިކެނީސް ހަމަ އުޖޫރަ ދިނުން: އަލީ ހުސެއިން

މަސައްކަތްތެރިންނަށް ކޮށްދެެވޭނެ އެންމެބޮޑު ހެޔޮކަމަކީ، ދާ ނުހިކެނީސް ހަމަ އުޖޫރަ ދިނުން: އަލީ ހުސެއިން

Author
މުޙައްމަދު ޝަޒައިމް
02 މެއި 2021 12:08
0

މަސައްކަތްތެރިންނަށް ކޮށްދެެވޭނެ އެންމެބޮޑު ހެޔޮކަމަކީ، އޮހޮރުނު ދާ ނުހިކެނީސް އެ މީހުންނަށް ހައްގުވާ އުޖޫރަ ދިނުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އިއްޔެ ފާހަގަކުރި ބައިނަލް އަގުވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން އަލީ ހުސެއިން ވަނީ ދުވަހުގެ ތަހުނިޔާ އެންމެހާ މަސައްކަތް ތެރީންނަށް އަރިސްކޮށްފައެވެ. އޭނާ ވިދާޅުވީ ޤައުމު ބިނާކޮށް ތަރައްޤީ ކުރަނީ ޤައުމުގައި ތިއްބަވާ މަސައްކަތްތެރިންގެ އަތްތަކުން ކަމަށެވެ. އެބޭފުޅުން ކުރައްވާ މަސައްކަތްތައް ކޮށް ނިމުމާއިއެކު އެދޭންޖެހޭ ހައްގު އުޖޫރަ ދިނުމަކީ މަސައްކަތް ތެރިންނަށް ދެވޭނެ އެންމެ ބޮޑު ހަދިޔާކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

ގައުމު ބިނާކުރަނީ މަސައްކަތްތެރީންގެ އަތްތަކުން. އެ މީހުންނަށް ކޮށްދެވޭނެ އެންމެބޮޑު ހެޔޮ ކަމަކީ އެކަށީގެންވާ އުޖޫރަ ދިނުމާއި މަސައްކަތުގެ ސަބަބުން އޮހޮރުނު ދާ ނުހިކެނީސް އެ އުޖޫރަ ދިނުން. މަަސައްކަތްތެރީންނަށް އުފާވެރިކަމާ ކާމިޔާބަށް އެދެން.

– އަލީ ހުސެއިން ވިދާޅުވިއެވެ.

މަސައްކަތް ތެރިންގެ ދުވަހާއި ގުޅިގެން އިއްޔެ މާލޭގައި ވަނީ އެކިވަރުގެ އެއްވުންތައްވެސް ބާއްވާފައެވެ. ކަނޑުމަތީގައާއި، މާލޭގެ މަގުތަކުގައިވެސް ވަނީ އެއްވުން ބާއްވާފައެވެ. ނަމަވެސް މާލޭގެ މަގުތަކުގައި ކުރި އިހުތިޖާޖު ހުއްޓުވައި ފުލުހުން ވަނީ ޒުވާނުންނަށް ބޮޑެތި އަނިޔާތަކެއް ކޮށްފައެވެ.

މަސައްކަތް ތެރިންގެ ދުވަހާއި ގުޅިގެން ރައީސް ޞާލިހު ވިދާޅުވެފައިވަނީ ކޮންމެ ޤައުމެއްގައިވެސް، މަސައްކަތްތެރިންނަކީ، އެ ޤައުމެއްގެ ތަރައްޤީގެ ތަޞައްވުރުތައް ޙަޤީޤަތަކަށް ހަދައިދޭ މީހުންކަމުގައެވެ. އަދި ތަމައްދުންގެ ރީތި ކުލަތަކުން މުޖްތަމަޢު ޒީނަތްތެރިވެ، ނަމޫނާ ޙަޟާރަތެއް ބިނާވެގެން ދަނީ، އެމުޖްތަމަޢެއްގެ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ ސަބަބުންކަމަށާއި، ޢިލްމީ ވިސްނުންތަކާއި އުފެއްދުންތެރި ފިކުރުތަކަށް، ޢަމަލީ ސިފަ ގެނެސްދޭ ބަޔަކީ ވެސް، އެމުޖްތަމަޢެއްގެ މަސައްކަތްތެރިންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވަނީ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދީ، ޙައްޤުތައް ލިބިދިނުމަށް، މުޅި މުޖްތަމަޢު އެކުގައި މަސައްކަތްކުރުމަށް ބާރުއަޅުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.