ކޯވިޑަށް ފަރުވާދެމުންދިޔަ 39 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑަށް ފަރުވާދެމުންދިޔަ 39 އަހަރުގެ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
01 މެއި 2021 11:20
0

ދަރުމަވަންތަ ހޮސްޕިޓަލުހެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދިޔަ 39 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އޭނާ މަރުވީ ނޭވާލާން އުނދަގޫވެގެން ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން ގެންދަނިކޮށެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖޭން މަރުވި 74 ވަނަ މީހާއެވެ.

އެންމެ ފަހުން މި ބަލީގައި ރާއްޖެއިން މީހަކު ނިޔާވެފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ. އެ ދުވަހު ރާއްޖެއިން ކޯވިޑް ބަލީގައި ދެ މީހަކު ނިޔާވިއެވެ.އެގޮތުން އެ ދުވަހު ޑީއެޗް 11ގައި ފަރުވާދެމުންދިޔަ 85 އަހަރުގެ އަންހެނަކާއި، ޑީއެޗް 11ގައި ފަރުވާދެމުުންދިޔަ 50 އަހަރުގެ އިންޑިއާ މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ އަދަދު މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ މީގެ ކުރިން ދުވަހަކު ވެސް ނުދާވަރަށް މައްޗަށް ގޮސްފަ އެވެ. އެގޮތުން އިއްޔެއާއި އޭގެ ކުރީ ދުވަހު ވެސް އެ ބަލި ޖެހުނު މީހުންގެ އަދަދު ހުރީ 400 އަށް ވުރެ މަތީގަ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާއްމުކުރި މައުލޫމާތުގައިވާ ގޮތުން އިއްޔެ 402 މީހުން އަދި އޭގެ ކުރީ ދުވަހު 465 މީހުން އެބައްޔަށް ޕޮޒިޓިވްވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.