އަފްޢާނިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ޝާހިދުގެ ހަމްދަރުދީގެ މެސެޖެއް

އަފްޢާނިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ޝާހިދުގެ ހަމްދަރުދީގެ މެސެޖެއް

Author
މުޙައްމަދު ޝަޒައިމް
01 މެއި 2021 11:04
0

އަފްޣާނިސްތާނުގެ ލޮގާރް ޕްރޮވިންސްގެ ޕުލޭޢާލަމްގައި ދިން ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، އެޤައުމުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޙަނީފް އަތުމާރު އަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ޙަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރ ޝާހިދުގެ މެސެޖްގައި ވިދާޅުވީ މި ޙަމަލާގެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށެވެ. 30 އަށްވުރެ ގިނަ މީހުން މަރުވެ، 90 އަށްވުރެ ގިނަ މީހުން ޒަޚަމްވި މި އަނިޔާވެރި ޙަމަލާ ދިވެހިރާއްޖެއިން ކުށްވެރި ކުރާކަމަށާއި، ގިނަ އަދަދެއްގެ ޔުނިވަރސިޓީ ދަރިވަރުން ހިމެނޭ ގޮތަށް އާއްމުންގެ އެތައް ބަޔަކު ރޯދަ ވީއްލަން ތިބި ތަނަކަށް މިފަދަ ޙަމަލާއެއް ދިނުން ކުށްވެރި ކުރައްވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި ހުރިހާ ބާވަތެއްގެ ޓެރަރިޒަމްއާ ދެކޮޅަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ޝާހިދު އެރުވިއެވެ.

މިނިސްޓަރ ޝާހިދުގެ މެސެޖްގައި، މިހަމަލާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެމަނިކުފާނު ތައުޒިޔާ ފޮނުއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.