މަސައްކަތްތެރިންގެ އަޑު މިފަހަރު އިއްވީ ރައީސް އޮފީސް ބޭރު، ކަނޑުމަތީގައިތިބެ

މަސައްކަތްތެރިންގެ އަޑު މިފަހަރު އިއްވީ ރައީސް އޮފީސް ބޭރު، ކަނޑުމަތީގައިތިބެ

Author
މުޙައްމަދު ޝަޒައިމް
01 މެއި 2021 07:24
0

ރާއްޖޭގެ އެކި ސިނާއްތަތްކުގައި މަސައްކަތްކުރާ މަަސައްކަތްތެރިން ރައީސް އޮފީހާއި ދިމާލަށް ކަނޑުމަތީގައި ތިބެ އަޑުފުލައިފިއެވެ.

މިއަހަރުގެ މަސައްކަތްތެރިގެ ދުވަސް ފާހަގަކުރަށް، މަސް ދޯނިފަހަރުތަކުގައި ކުރި މި މުޒާހަރާގައި އެކި ސިނާއަތްތަކުގެ ބޭފުޅުން ވަނީ ބައިވެރިވެފައެވެ. އަދި ދޯނިތަކުގައި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށް ގޮވާލައި އެކި ޝުއޫރުތައް ލިޔެފައިވާ ބެނާތައްވަނީ ދަމާފައެވެ.

މަސައްކަތްތެރިންގެ ހައްގު ހިމާޔަތް ކުރުމަށް ބޭއްވި ސުލްހަވެރި މިއެއްވުމުގައި ޝުއޫރު ފާޅުކުރި މަސައްކަތްތެރިން ބުނެފައިވަނީ ހައްގު މިންވަރު ކަށަަވަރުކޮށްދޭން ޖެހޭކަމަށެވެ. އަދި މަސައްކަތްތެރިންގެ އެންމެ ކުޑައުޖޫރައެއް ކަނޑައެޅި، އިތުގުރަޑީގައި ކުރާ މަސައްކަތަށް އުޖޫރަ ލިބެންޖެހޭކަމަށް ވާހަކަ ދެއްކި ބައިވެރިން ވަނީ ބުނެފައެވެ.

މަސައްކަތްތެރިން ވަނީ ރައްކާތެރިކަމާއިއެކު ވަޒީފާ އަދާކުރެވޭނެ މާހައުލެއް ގާއިމްކޮށް ދިނުމަށްވެސް ގޮވާލާފައެވެ. ޖިންީ ފުރައްސާރައާއި، ޖިންސީ ގޯނާއާއި، ބުލީކުރުމާއި މިނޫންވެސް ތަފާތުއެކި ބިރުދެއްކުންތަކުން ދުރުކޮށް ވަޒީފާ އަދާކުރާ މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުމަށް ބައިވެރިން ވަނި ގޮވާލާފައެވެ.

މި އެއްވުުގައި މަސްވެރިންނާއި، ޓީޗަރުންނާއި، ސިވިލްސާވިސްގެ އެކި އޮފީސް ތަކަށް ނިސްބަތްވާ މީހުންނާއި، އެނޫން އެކި ސިނާއަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ބައިވެރިވެ އަޑު އުފުލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Hum
Minulafaa sarukaarakah adehneeveyne jeheynee araigannan mee eahvure nulafaa sarukaareh .