މީޑިއާ ކައުންސިލް ހުސްވެފައިވަ މެމްބަރުކަމަށް އިޤްނާޒް އިންތިޚާބު ކޮށްފި

މީޑިއާ ކައުންސިލް ހުސްވެފައިވަ މެމްބަރުކަމަށް އިޤްނާޒް އިންތިޚާބު ކޮށްފި

Author
މުޙައްމަދު ޝަޒައިމް
01 މެއި 2021 02:01
0

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހުސްވެފައިވާ މެމްބަރުކަމަށް "ފެށުން" ގެ ފަރާތުން ވާދަކުރި މުޙައްމަދު އިޤްނާޒް ޢަލީ އިންތިޚާބު ކޮށްފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގޮޑިއެއް ހުސްވެފައިވަނީ ސަން އޮންލައިންގެ ފަރާތުން މީޑިއާ ކައުންސިލަށް އިންތިޚަބުވި މެމްބަރު ފާއިފްގެ ދައުރުގެ މުއްދަތު ހަމަވުމުންނެވެ. މިމަޤާމަށް ދެ ބޭފުޅަކު ވަނީ ވާދަކޮށްފައެވެ. މިމަޤާމަށް ވާދަކޮށްފައިވަނީ "ފެށުން" އިން މުޙައްމަދު އިޤްނާޒް އާއި "އެޓޯލް ނިއުސް" އިން އިބްރާހީމް ރަމީޒުއެވެ.

މިއަދު ވެލާނާގޭގައި މިއަދު ކުރިއަށް ދިޔަ އެ އިންތިޚާބުގައި، އިޤްނާޛު ގޮނޑި ކާމިޔާބުކުރީ 36 ވޯޓު ހޯދައިގެންނެވެ. އޭނާއާއި ވާދަކުރި "އެޓޯލް ނިއުސް"ގެ އިބްރާހީމް ރަމީޒަށް ލިބިފައިވަނީ އެންމެ ވޯޓެކެވެ.

މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލެވޭނީ ރަޖިސްޓްރީ ކޮށްފައި ވާ ނޫސްތަކަށާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ މީޑިއާއެއްވެސް ތަމްސީލު ކުރާ އެއް ކެނޑިޑޭޓަކަށެވެ. މި އިންތިޚާބުގައި ވޯޓުލުމަށް ޖުމްލަ 66 މީޑިއާއިން ރަޖިސްޓަރީ ކޮށްފައިވާއިރު، ވޯޓު ލާފައިވަނީ 37 މީޑީއާ އަކުންނެވެ. މިނަތިޖާއަށް ބަލާއިރު އިޤްނާޛު މި އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ވޯޓުލީ މީހުންގެ 97 އިންސައްތަ ވޯޓު ހޯދައިގެންނެވެ.

މުޙައްމަދު އިޤްނާޒް ޢަލީއަކީ، ފެށުން އޮންލައިން ސީނިއާ ޖާނަލިސްޓެއްގެ އިތުރުން، ރާއްޖޭގެ އެހެން ބައެއް މިޑިޔާތަކުގައިވެސް މަސައްކަތް ކުރައްވާފައިވާ މީހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.