އަސްލަމަކީ ބޮޑެތި ވާހަކަ ދެއްކުން ފިޔަވައި އެއްވެސް ކަމެއް ކުރާ މީހެއްނޫން: މުސްތަފާ

އަސްލަމަކީ ބޮޑެތި ވާހަކަ ދެއްކުން ފިޔަވައި އެއްވެސް ކަމެއް ކުރާ މީހެއްނޫން: މުސްތަފާ

Author
މުޙައްމަދު ޝަޒައިމް
01 މެއި 2021 08:56
0

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމަކީ ބޮޑެތި ވާހަތައް އެކި ގޮތްގޮތަށް ދެއްކުން ފިޔަވައި އެއްވެސް ކަމެއް ކުރައްވާ ވަޒީރެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވަނީ މިނިސްޓަރ އަސްލަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މުސްތަފާ ވިދާޅުވީ މިނިސްޓަރ އަސްލަމަކީ ބޮޑެތި ވާހަކަ ދައްކަވާ ބޭފުޅެއްކަމަށެވެ. އެއްވެސް ކަމެއްނުކޮށް، އަދި ކުރަން ހިތައްވެސް އަރުވާ ބޭފުޅަކަށްނުވާއިރު ދޭތެރެ ދޭތެރެއިން މޮޅު ވާހަކަ ދެއްކުމަކީ އަސްލަމް ކުރައްވާ ހަމައެކަނި ކަންތައް ކަމަށެވެ. އޭނާ ވިދާޅުވީ އަސްލަމަކީ މަަސއްކަތެއް ކުރައްވަން އެގޭވެސް ބޭފުޅެއް ނޫންކަމަށެވެ.

މިސަރުކާރުގައި މިނިސްޓަރ އަސްލަމް އެއީ ބޮޑެތި ވާހަކަ ދެއްކުން ފިޔަވައި އެއްވެސް ކަމެއް ކުރާ މީހެއްނޫން. އަދި ކަމެއް ކުރަން އެނގޭ މީހެއްވެސް ނޫން. މުޅިންވެސް ދައްކަނީ ހަދަ ހަދައިގެން ބުހުތާނު ދޮގު ވާހަކަތައް.

– މުސްތަފާ ވިދާޅުވިއެވެ.

ސަރުކާރުގެ އެކި މަސައްކަތްތަކުގެ ތެރެއިން އެންމެ ގިނަ ރައްޔިޔުންގެ ފާޑުކިޔުން އަމާޒުވެފައިވާ ހައުސިން މަސައްކަތާއި ހަވާލުވެ ހުންނެވި މިނިސްޓަރ އަސްލަމަށް ހައުސިން މައްސަލާގައި ގިނަ މެމްބަރުންގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ. ސަރުކާރާއި ހަވާލުވެ މިވީ ދެއަހަރެއްހާ ދުވަހު ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ބޯހިޔާވަހިކަމުގެ އެއްވެސް ވައުދެއް ނުފުއްދި ގިނަ ބަޔައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ސަރުކާރަށް ރައްޔިތުންގެ ތާއީދު މިކަމުގައިވެސް ގެއްލި، ވައުދުތައް ނުފުއްދޭތީ ނިމިދިޔަ ކައުންސިލް އިންތިޚާބުގައި މާލެ ސިޓީންވަނީ ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނެފައެވެ. މިނިސްޓަރ އަސްލަމް ވިދާޅުވަމުން ދިޔައީ އިންތިޚާބު ބޯމަތިވިއިރުވެސް ބޮޑެތި ބިޔަ މަޝްރޫޢުތައް އެބަހުރިކަމަށެވެ. ނަމަވެސް އެއިންކަމެއް ރައްޔިތުންގެ ލޮލަށް ނުފެނަކަމުގެ ޝަކުވާ އަބަދުވެސް ދަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.