ދިއްދޫ ހޮސްޕިޓަލުގެ ހިންގުން ދޯދިޔާވެ، ރައްޔިތުން ނިކުމެ މުޒާހަރާކޮށްފި

ދިއްދޫ ހޮސްޕިޓަލުގެ ހިންގުން ދޯދިޔާވެ، ރައްޔިތުން ނިކުމެ މުޒާހަރާކޮށްފި

Author
މުޙައްމަދު ޝަޒައިމް
01 މެއި 2021 12:17
0

ހއ.ދިއްދޫ ހޮސްޕިޓަލުގެ ހިންގުން ދޯދިޔާގެ އެރަށުގެ ރައްޔިތުން ހޮސްޕިޓަލު ކައިރީގައި މިރޭ މުޒާޖަރާ ކޮށްފިއެވެ.

ދިއްދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މިމުޒާހަރާގައި ރައްޔިތުންވަނީ ހޮސްޕިޓަލުން ލިބޭ ޚިދުމަތްތައް ރަނގަޅު ކުރުމަށާއި، ޑޮކްޓަރުން ހަމަކުރުމަށް އަޑު އުފުލާފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ގިނަ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައެވެ. އެގޮތުން ދިއްދޫ ހޮސްޕިޓަލީ އެއަތޮޅުގެ ގިނަ ރަށްތަކަކަށް ޚިދުމަތް ހޯދާ ހޮސްޕިޓަލަކަށްވާއިރު އެކަށީގެންވާ ވަސީލަތްތަކާއި، ޑޮކްޓަރުން ނެތުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.

ދިއްދޫ ހޮސްޕިޓަލުން ހދ.ގެ ބައެއް ރަށްތަކުގެ ރައްޔިތުންގެވެސް ޚިދުމަތް ހޯދުމަށް އާދެއެވެ. ނަމަވެސް މިފަހަކަށް އައިސް ޚިދުމަތްތައް އިންތިހާއަށްދަށެވެ ކުރިން ލިބުނު ގިނަ ޚިދުމަތްތަކެއްވެސްމެދު ކެނޑުމާއި ގުޅިގެން މިހާރު ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ އަދަދުވެސް މަދުވެފައިވާކަމަށް އެއްވި މީހުން ވަނީ ބުނެފައެވެ.

ހޮސްޕިޓަލުގައި އެކި ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުން ނެތި އެބަލިތަކަށް ފަރުވާނުދެވޭއިރު، އެކަށީގެންވާ ވަސީލަތްނެތި ހިތާމަވެރި ހާދިސާތައްވެސް ހިނގާލެއް އިތުރުވެފައިވާކަމަށް އެއްވި މީހުން ވަނީ ބުނެފައެވެ. އެގޮތުން ދާދިފަހުން ވިހެއުމުގެ ތެރޭގައި ދެކުއްޖަކު ނިޔާވުމުގެ ހިތާމަވެރި ހާދިސާއަކާއި، އެނޫންވެސް މީޑިޔާތަކަށް ތިލަނުވާ ގިނަ ކަންތައްކެއް ހޮސްޕިޓަލުގައި ހިނގަމުންދާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެއްވި މީހުންވަނީ މިނިސްޓަރ ނަސީމް ދިއްދޫ ހޮސްޕިޓަލުގެ މަތީން ވަރަށް ބޮޑަށް ހަދާން ނައްތާލާފައިވާކަމަށް ބުނެފައެވެ. އަދިމިއީ އެތައް ސަތޭކަ ރައްޔިޔުންގެ އެންމެ އަސާސީ ޚިދުމަތާއި ގުޅިފައިވާ ޚިދުމަތައްވާއިރު، މިކަމުގައި އިހުލާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިއަދު ތަނުގެ ހިންގުމާއި އެމްޑީޕީގެ އެކްޓިސްޓަކާއި ހަވާލުކޮށް ތަނުގެ ހިންގުން މުޅިން ދޯދިޔާވެފައިވާކަމަށް އެއްވި މީހުން ބުނެފައެވެ.

އެއްވި މީހުންވަނީ މިކަންކަން ރަނގަޅުކޮށް ބޭސްފަރުވާގެ ކަންކަން ކަށަވަރުކޮށް ދެއްވުމަށް ގޮވާލާފައެވެ. އަދި ހިންގުން ހަރުދަނާ ކުރުމަށް ވެރިން ބަަދަލު ކުރުމަށްވެސް އެއްވި މީހުން ގޮވާލާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Adindaa19
Dihdhoo city akah badalhu veema rangalhu vaane.