ރާއްޖެއިން ބޭރުން އަންނަ މީހުން ޕީސީއާރު ޓެސްޓާއިއެކު ނޫނީ ނާދެވޭގޮތް ހަދައިފި

ރާއްޖެއިން ބޭރުން އަންނަ މީހުން ޕީސީއާރު ޓެސްޓާއިއެކު ނޫނީ ނާދެވޭގޮތް ހަދައިފި

Author
މުޙައްމަދު ޝަޒައިމް
30 އޭޕްރިލް 2021 11:43
0

ރާއްޖެއިން ބޭރުން ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކުން ޕީ.ސީ.އާރު ޓެސްޓް ހެދަންޖެހޭ ގޮތަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ކަނޑައަޅައިފިއެވެ.

އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ 3 މޭ 2021 ން ފެށިގެން، ވަކިގޮތެއް އަންގަންދެން ފަތުރުވެރިންނާއި، ކޯވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭގޮތަށް، ދިވެހިރާއްޖެއަށް އަންނަ ހުރިހާ ފަރާތްތަކުން 96( ނުވަދިހަ ހައެއް( ގަޑިއިރު ނުވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓުގެ ނަތީޖާއަކާއެކު ދަތުރުކުރުމަށް އަންގާކަމަށެވެ. މީގެ ތެރޭގައި 1( އެކެއް( އަހަރުން ދަށުގެ ކުޑަކުދީންނެއް ނުހިމެނޭ ކަމަށް ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ އަދި މި ފިޔަވަޅު ތަންފީޛު ކުރުމުގައި، ވަގުތާއި ހާ ލަތަށް ރިޢާޔަތްކޮށް އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށެވެ.

މި އެޖެންގުމަށް ޢަމަލުކުރަން ފެށުމުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު މީގެ ކުރިން ރާއްޖެއިން ބޭރުން އަންނަ މީހުން ޕީސީއާރު ޓެސްޓެއްނެތި ނަތުރުކުރެވޭ ގޮތަށް އޮތް އޮތުން ވަނީ ބާތިލްވެފައެވެ. ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ބަލީގެ ނުރައްކާ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

މިއަދުވެސް ރާއްޖެއިން ވަނީ ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވްފައެވެ. މިދުވަސް ވަރަކީ ރާއްޖެއިން އެންމެ ގިނައިން ކޯވިޑަށް ޕޮޒިޓިވްވަމުންދާ ދުވަސް ވަރެވެ. މީގެ ތެރޭގައިވެސް އެންމެބޮޑު ކަންބޮޑުވުމަކީ އަތޮޅު ތެރޭގައި ބަލި ފެތުރޭ މިންވަރު އިތުރުވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.