މަނީލޯންޑަރިންގެ މައްސަލައެއް ބަލަން ކެރޭނަމަ ސްޕްރީމްކޯޓުގެ ކުރީގެ 3 ވެރިއެއްގެ މައްސަލަ ބައްލަވާ: ހައިލަމް

މަނީލޯންޑަރިންގެ މައްސަލައެއް ބަލަން ކެރޭނަމަ ސްޕްރީމްކޯޓުގެ ކުރީގެ 3 ވެރިއެއްގެ މައްސަލަ ބައްލަވާ: ހައިލަމް

Author
މުޙައްމަދު ޝަޒައިމް
30 އޭޕްރިލް 2021 10:50
0

މަނީލޯންޑަރިންގެ މައްސަލަ ބަލަންކެރޭނަމަ ސްޕްރީމްކޯޓުގެ ކުރީގެ ވެރިންގެ މައްސަލަ ބައްލަން ކެރިދާނެތޯ ކްރިިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް ސުވާލު ކުރައްވައިފިއެވެ.

ހައިލަމް މިފަދަ ސުވާލުތަކެއް ރައީސް ނަޝީދާއި ފުލުހުން ޓެގްކުރައްވައި ކޮށްފައިވަނީ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ފައިސާތަކެއް ދެއްވި ކަމަށް ބުނާ މައްސަލައިގައި އެކަށީގެންވާ ހެކި ނެތުމުން، އޭނާގެ މައްޗަށް ކުރާ މަނީލޯންޑްރިންގެ މައްސަލަ ފުލުހުން ފައިލްކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެއެވެ.

ހައިލަމް ވިދާޅުވީ މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގު ކުރާނަމަ ވިލާ ކުންފުނީގެ ވެރިޔާ އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އެތައް މައްސަލައެއް ދައުލަތުގެ އެންމެ މަތީ ކޯޓު ސްޕްރީމް ކޯޓުގައި އޭރު ބަލަމުންދިޔަ ޢަލީ ޙަމީދާއި ޢަބްދުالله ސަޢީދުގެ އިތުރުން ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސަޢީދަށް ވިލާ ކުންފުނިން 2.4 މިލިޔަން ރުފިޔާ ދިން މައްސަލަ ބެލުން މާ އައުލާން ބޮޑުކަމަށެވެ.

މަނީ ލޯންޑަރިންގ/ރިޝްވަތުގެ މައްސަލައެއް ބަލަން ކެރޭނަމަ ޤާސިމް އިބްރާހިމްގެ އެތައް މައްސަލައެއް ސުޕްރީމް ކޯޓުގައި ބަލަމުންދިޔަ، ޢަލީ ޙަމީދާއި ޢަބްދުالله ސަޢީދުގެ އިތުރުން ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސަޢީދަށް ވިލާ ކުންފުނިން 2.4 މިލިޔަން ރުފިޔާ ދިން މައްސަލަ ބައްލަވާ.

– ހައިލަމް ވިދާޅުވިއެވެ.

އޭރު ފުލުހުން ކުރި ތަހުގީގު ތަކުގައި ބުނެފައިވަނީ ވިލާ ކުންފުނިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އާއިލާ އަށް 2.4 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވާ ކަމަށާއި އަދި އަބްދުﷲ ސައީދާއި އަލީ ހަމީދު ވަނީ އިނގިރޭސިވިލާތާއި ސްރީލަންކާ އަށް ގިނަ ދަތުރުތަކެއް ކުރެއްވި ކަމަށް މީޑިއާތަކުން ރިޕޯޓް ކުރަމުން ދާއިރު މެލޭޝިއާގެ އިންޓެލިޖެންސުން ވަނީ، އަބްދުﷲ ސަޢީދާއި އަލީ ހަމީދުގެ އެކައުންޓަށް ޖުމްލަ 30 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ކަށަވަރުކޮށްދީފައި ކަމަށެވެ.

އަދި އޭރު އިންޑިއާގެ ނޫހެއްގައި ބުނެފައިވަނީ، އަބްދުﷲ ސަޢީދާއި އަލީ ހަމީދުގެ އެކައުންޓަށް ފޮނުވާފައިވާ ފައިސާއިން ކޮންމެ ބޭފުޅަކަށް 15 މިލިއަން ޑޮލަރު ޖަމާކޮށްފައިވާއިރު، އެ ފައިސާ ފޮނުވާފައި ވަނީ އެދެބޭފުޅުން މެލޭޝިއާގައި ހުޅުވާފައިވާ އެޤައުމުގެ ބޭންކެއްގެ އެކައުންޓަކަށް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޤާނޫނީ ވެރިކަން ވައްޓާލަން ރިޝްވަރާ މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި އޭރު ހައްޔަރުކޮށް ހުކުމްވެސް ކުރެވިފައިވާ މިބޭފުޅުންނާއި ގުޅޭގޮތުން އޭރު ފުލުހުން ކުރި ތަހުގީގުތަކުން ބޮޑެތި ހޯދުންތަކެއް ހޯދާފައިވެއެވެ. އެގޮތުން ޑީޖޭއޭގެ އެޑްމިނިސްޓްރޭޓަރުގެ އެނދުގެ ގޮދަޑި ދަށުން ފެނިފައިވަނީ 350،000 (ތިން ލައްކަ ފަންސާސް ހާސް) ރުފިޔާއާއި 3،300 (ތިން ހާސް ތިން ސަތޭކަ) އެމެރިކާ ޑޮލަރު ފެނުނަކަމަށް ފުލުހުންގެ ތަހުގީގުން ދައްކާފައިވެއެެ.

އަދި ޑީޖޭއޭގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ ކޮޓަރިތެރޭގައި ހުރި ދަބަހެއްގެ ތެރެއިން، ވިލާ ޝިޕިން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ، ޤާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ޤާސިމް ސޮއިކޮށްފައިވާ ސިޓީއެއްވެސް ފެނިފައިވާކަމަށް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.