އުތުރު ކްލަސްޓަރގައި 150އަށްވުރެ ގިނަ ކޮންޓެކްޓުން، 4 ރަށަކުން މީހުން ޕޮޒިޓިވް

އުތުރު ކްލަސްޓަރގައި 150އަށްވުރެ ގިނަ ކޮންޓެކްޓުން، 4 ރަށަކުން މީހުން ޕޮޒިޓިވް

ކުޅުދުއްފުށިން ކޯވިޑް-19އަށް ފުރަތަމަ ޕޮޒިޓިވްވި މީހާ އާއި ކޮންޓެކްޓުވި މީހުން އެ ސަރަޙައްދުގެ 10ރަށެއްގައި އެބަތިބިކަމަށް  ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ. މާލެއަށް ދަތުރުކޮށްފައިނުވާ އަދި ކޯވިޑް-19ގެ ބަލިމީހަކާއި ބައްދަލުވެފައި ނުވާ ފުލުހަކު ކުޅުދުއްފުށިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެއޭ.

މި ކްލަސްޓަރގެ ކޭސްތައް މިހާތަނަށް އުތުރުގެ 4 ރަށަކުން ފެނިފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. މީގެ ތެރޭގައި ހިމެނެނީ ހދ.ކުޅުދުއްފުށިން ޕޮޒިޓިވްވި 11 މީހުންނާއި، ހއ.ދިއްދޫއިން ޕޮޒިޓިވްވި 4 މީހުންނާއި، ހދ.ކުރިނބީއިން ޕޮޒިޓިވްވި މީހާ އާއި ށ.ފޯކައިދޫއިން ޕޮޒިޓިވްވި މީހާއެވެ

ކުޅުދުއްފުށިން ކޯވިޑް-19 ޖެހިފައިވާ މީހުންގެ ތެރޭގައި އަލާމާތްތައް ހުރުމާ ގުޅިގެން ޓެސްޓުކުރި މީހަކާއި، ރެންޑަމް ސާމްޕަލްއިން ހެދި ޓެސްޓުން ބައްޔަށް ޕޮޒިޓިވްވި 2 މީހުން ހިމެނެއެވެ. މިކަމާއި ގުޅިގެން އެޗްޕީއޭއިން މިހާރުވަނީ ކުޅުދުއްފުށީގައި ލޯކަލް ޓްރާންސްމިޝަން އޮތްކަމަށް ނިންމައި، އެ ރަށް މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައެވެ.

އެޗްއީއޯސީން ވިދާޅުވީ، ކުޅުދުއްފުށިން ފުރަތަމަ ކޯވިޑް-19 ޖެހުނު މީހާއަކީ 24ސެޕްޓެމްބަރުގައި، ކުޅުދުއްފުއްޓަށް މާލެއިން ދިޔަ 18 ފުލުހުންނާއި ގުޅުންހުރި މީހެއް ކަމަށެވެ.

އޮކްޓޯބަރު 7 ގައި ކުޅުދުއްފުށިން ޕޮޒިޓިވްވި 2 ފުލުހުންނާއި ކޮންޓެކްޓުވި 64 މީހަކު ކުޅުދުއްފުށީގައި އެބަތިއްބެވެ. އަދި ށ.ފޯކައިދޫގައި 47 ކޮންޓެކްޓުން ތިބިއިރު އެރަށުންވެސް 8 އޮކްޓޫބަރ ގައި ވަނީ މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން ށ.ފުނަދޫގައި 24 ކޮންޓެކްޓުން އަދި ފީވަކުގައިވެސް 24 ކޮންޓެކްޓުން އެބަތިއްބެވެ. އަދި10 އޮކްޓޫބަރ ގައި  ހދ.ކުޅުދުއްފުށީފައި މަސައްކަތްކުރި ފުލުހެއްގެ އަނބިމީހާ ޕޮޒިޓިވް ވެފައިވާއިރު އޭނާގެ ކޮންޓެކްޓުންގެ ގޮތުގައިވެސް 24 މީހުން އެބަތިބިކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

މިހާތަނަށް ކުޅުދުއްފުށީ ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި 154 މީހުން ފާހަގަވެފައިވާއިރު ދިއްދޫއިންވެސް 47 ކޮންޓެކްޓުން ވަނީ ފާހަގަވެފައެވެ. މި މީހުން ކޯވިޑް-19އަށް ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ކޭސްތަކާއި ގުޅިގެން ކުޅުދުއްފުށި މިހާރު ވަނީ މޮނިޓަރިންގެ ޙަލަތަށްވެސް ގެނެސްފައެވެ. އަދި ސިއްޙީ ކުއްލި ޙާލަތްތަކުގައާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުންފަދަ ކަންކަމުގައި ފިޔަވައި އެރަށަށް ނޭރުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *