މިއީ ސެލީނާގެ 'ނިއު ލުކް'

މިއީ ސެލީނާގެ 'ނިއު ލުކް'

މަޝްހޫރު ލަވަކިއުންތެރިޔާ އަދި އެކްޓަރ ސެލީނާ ގޯމޭޒް އޭނާގެ އިސްތަށިގަނޑަށް މާބޮޑު ބަދަލެއް ނުގެންނަތާ ވަނީ ދުވަސްތަކެއް ވެފައެވެ. ނަމަވެސް އޭނާއަކީ އަބަދުވެސް ތަފާތުކަން ދައްކާދޭ ފަންނާނެކެވެ.

ސެލީނާ ވަނީ މިދިޔަ ހުކުރު ދުވަހު މުޅިން އާ "ލުކް" އެއް ބެލުންތެރިންނާއި ހިއްސާކޮށްފަ އެވެ. އެގޮތުން އޭނާވަނީ އޭނާގެ "ބްރޫނެޓް" އިސްތަށިގަނޑުގެ ކުލަ އެއްކޮށް "ބްލޯންޑް" ކުލައަށް ބަދަލު ކޮށްލާފައެެވެ. މީގެ އިތުރުން އޭނާ ވަނީ އޭނާގެ ނިޔަފަތިތަށް ތަފާތު ޕެސްޓަލް ކުލަތަކުން ޒީނަތްތެރިކޮށްފަ އެވެ.

ސެލީނާވަނީ އޭނާގެ ސެލްފީއެއް އިންސްޓްގްރާމުގައި ހިއްސާކޮށްފަ އެވެ. އަދި މި ފޮޓޯއަށް ވަރަށް ގިނަ ބެލުންތެރިންގެ ސަމާލުކަން ވަނީ ލިބިފައިއެވެ. އެގޮތުން ވަރަށް ގިނަ ބެލުންތެރިންގެ ތައުރީފުގެ ކޮމެންޓުތައް ވަނީ މި ފޮޓޯއަަށް ލިބިފައެވެ.

ސެލީނާވަނީ ވަރަަށް ފަހުން އާ ޓެޓޫއެއްވެސް ޖަހާފައެވެ. އޭނާ މި ޓެޓޫ ޖަހާފައިވަނީ އޭނާގެ ކޯލާބޯންގައެވެ. ސެލީނާގެ ޓެޓޫ އާރޓިސްޓްވަނީ މި ޓެޓޫގެ ވީޑިއޯއެއް ބެލުނަތެރިންނާއި ހިއްސާ ކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *