ޖަޕާނުގައި އަނެއްކާވެސް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފި

ޖަޕާނުގައި އަނެއްކާވެސް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފި

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި އާދަޔާ ޚިލާފަށް ބާރު މިނުގައި އަނެއްކާވެސް ކޯވިޑް19 ފެތުރެން ފެށުމާއި ގުޅިގެންނާއި، އަދި އަންނަ ހަފްތާއިން ފެށިގެން ކުރިަޔށް އެއް ހަފްތާގެ މުއްދަތަށް އެގައުމުގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވާ "ގޯލްޑެން ވީކް" ބަންދުގައި ވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުންގެ ގޮތުން، ވެރިރަށް ޓޯކިޔޯ ހިމެނޭ ގޮތަށް، 4 ޕްރީފެކްޗަރއެއްގައި، ޖަޕާނުގެ ބޮޑުވަޒީރު ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފިއެވެ.

ޖަޕާނުގައި މިފަހަރު ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި މިވަނީ، މީގެ ކުރީގެ ދެފަހަރަށްވުރެ ހަރުކަށި ފިޔަވަޅުތައް އެޅުމަށްފަހު، އަންނަ މޭމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިގޮތުން މިފަހަރުގެ ފިޔަވަޅުތަކާއެކު، ރެސްޓޯރަންޓް އަދި ބާރ ތަކުގައި ރަލުގެ ބާވަތްތައް ވިއްކުން މަނާކުރުމާއެކު، ވިޔަފާރީގެ ހުރިހާ ބޮޑެތި މަރުކަޒުތަކެއް ކަހަލަ ގޮތަކަށް ބަންދު ކުރުމަށް ވަނީ ހަމަޖައްސާފައެވެ.

ޖަޕާނުގައި ކޯވިޑް ޕެންޑަމިކް ތެރޭގައި މީގެ ކުރިން ދެފަހަރަކަށް ވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. 126 މިލިއަންގެ އާބާދީއެއް އޮންނަ ޖަޕާންގެ މުޅި އާބާދީގެ ހަތަރު ބައިކޮށްފަ އެއްބަޔަށް އަމާޒުވާގޮތަށް، މިފަހަރު ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިއިރު، ޖަޕާނުގައި މިއަހަރުގެ އޮލިންޕިކްސް މުބާރާތް ބޭއްވުމަށް ވަނީ އެންމެ 3 މަސްދުވަހަށް ވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *