ކޯވިޑް-19ގައި އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ޢުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެޗްޕީއޭއިން ބުނީ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި މީހެއްކަމަށެވެ. އޭނާ ނިޔާވެފައިވަނީ ރޭ 11:25 ހާއިރުއެވެ. މިއާއެކު ކޯވިޑް-19ގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު ވަނީ 71 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 63 ދިވެހިންނާއި 8 ބިދޭސީންނެވެ.
މި ފާއިތުވި ދެތިން ދުވަހު ވަނީ ތިން މީހަކު މިބަލީގައި ނިޔާވެފައެވެ. ރާއްޖޭގައި ކޯވިޑް ކޭސްތަކުގެ ޢަދަދު ދަށްވެފައި ހުރުމަށްފަހު މިހާރު ވަނީ ކުއްލިއަކަށް ކޭސްތައް އިތުރުވާން ފަށާފައެވެ. އެގޮތުން ރޭވެސް 100 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 68 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
ކޮމެންޓު ފޮނުވާ