ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ކޯވިޑް-19 ވެކްސިން ޖައްސަވައިފިއެވެ.
ރައީސް ޔާމީން ވެކްސިން ޖައްސަވާފައިވަނީ މިރޭ އޭޑީކޭއިންނެވެ. މީގެ ކުރިންވެސް ރައީސް ޔާމީން ކޯވިޑް ވެކްސިން ޖެއްސެވުމަށް މާލެ ގެނެސްފައިވެއެވެ. ނަމަވެސް ގިނަ ވަގުތުތަކެއް ކަނޑުމަތީގައި ލޯންޗުގައި ބެހެއްޓެވުމަށްފަހު އަނބުރާ ވަނީ މާފުއްށްޓަށް ގެންގޮސްފައެވެ. ރެކްޝަނުން ބުނެފައިވަނީ ރައީސް ޔާމީން މާލެ ގެނެސްފައިވަނީ ވެކްސިން ޖެއްސުމަށް އެއްބަސްވެގެން ކަމަށެވެ. ނަމަވެސް މާލެ ގެނައުމަށްފަހު ވެކްސިން ޖެއްސެވުމަށް ދެކޮޅު ހައްދާވާފައިވާކަމަށް ކަރެކްޝަނުން ބުނެފައިވެއެވެ.
ނަމަވެސް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވަނީ އެކަން ދޮގުކުރައްވާފައެވެ.
ވެކްސިން ޖަހަން ރައީސް ޔާމީން އަމިއްލަފުޅަށް ބޭނުންވެގެން، އެކަމާއި ގުޅޭ ހުރިހާ ލިޔެކިޔުންތައް ފުރިހަމަ ކުރެއްވުމަށްފަހު ކަރެކްޝަންސް ގެ ބެލުމުގެ ދަށުން ވެކްސިން ޖަހަން މާލެ ގެނައުމުން ރައީސް އޮފީހުން އަންގައިގެން އެމަނިކުފާނަށް ވެކްސިން ނުދީ، މާލެ ޖަލަށް ގެންދެވުނުކަމަށް މަޢޫލޫމާތު ލިބިފައިވެއެވެ. ރައީސް އޮފީހާއި ހެލްތު މިނިސްޓްރީން ހުއްދަ ލިބެންދެން ރައީސް ޔާމީނަށް ވެކްސިން ނުދީ މަޑުކުރުމަށް ކަރެކްޝަންސް އަށް ރައީސް އޮފީހުން އެންގެވިކަމަށްވެސް މީޑީއާގައި ވާހަކަ ދެކެވިފައިވެއެވެ. މީގެ އިތުރުން އެހެން މިނިސްޓަރަކުވެސް ވަނީ، ސީދާ ރައީސް އޮފީހުގެ ހުއްދަ ލިބިގެން ނޫނީ ރައީސް ޔާމީނަށް ވެކްސިން ނުދިނުމަށް، އެޗްޕީއޭ އަށްވެސް އަންގާފައިކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކުގައިވެއެވެ.
ކޮމެންޓު ފޮނުވާ