އިދިކޮޅު އިންތިޚާބީ ކައުންސިލަރުންނަށް ރައީސް ޔާމީން މަރުޙަބާ ވިދާޅުވެއްޖެ

އިދިކޮޅު އިންތިޚާބީ ކައުންސިލަރުންނަށް ރައީސް ޔާމީން މަރުޙަބާ ވިދާޅުވެއްޖެ

Author
މުޙައްމަދު ޖިމީ
18 އޭޕްރިލް 2021 08:00
0

އިދިކޮޅު ޕީޕީއެމްގެ އިންތިޚާބީ ކައުންސިލަރުންނަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަރުޙަބާ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގަށާއި، އެމަނިކުފާނަށް އައިނު ހެއްދެވުމަށް މިއަދު ރައީސް ޔާމީން ވަނީ މާލެ ގެންނަވާފައެވެ. އެގޮތުން ކަރެކްޝަަލް ސާރވިސްގެ ވެހިކަލުން ފައިބާ ވަޑައިގަންނަވަމުން، އެ ސަރަހައްދުގައި ތިއްބެވި ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުން ވަނީ ރައީސް ޔާމީނަށް ގޮވާލައްވާފައެވެ. އެއާއެކު ރައީސް ޔާމީންވަނީ ތިއީ އިންތިޚާބީ ކައުންސިލަރުންކަމަށް ވިދާޅުވެ މަރުޙަބާ ވިދާޅުވެފައެވެ. އެމަނިކުފާނު މަރުހަބާ ވިދާޅުވާ ވީޑިއޯ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

މިހާރު މިއީ ކައުންސިލް މެމްބަރުން ދޯ، މަރުޙަބާ!

– ރައީސް ޔާމީން ވިދާޅުވެއެވެ.

ރައީސް ޔާމީން ޕީޕީއެމް ޕީއެސްސީގެ އިންތިާބީ ކައުންސިލަރުންނަށް މަރުޙަބާ ވިދާޅުވެފައިވާއިރު، ނިމިދިޔަ ކައުންސިލް އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ޚާއްޞަކޮށް މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ނަގާފައިވަނީ ޕީޕީއެމް އިންނެވެ. އެގޮތުން ބޮޑު ތަފާތަކުން މާލޭގެ މޭޔަރުކަން ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ކާމިޔާބުކުރައްވާފައިވާއިރު، މޭޔަރުކަމުގެ ގޮނޑިއާއެކު14 ގޮނޑި މާލެ ސިޓީން ޕީޕީއެމް އިން ކާމިޔާބުކޮށްފައިވެއެވެ.

މީގެ އިތުރުންވެސް ކުރިން ޕީޕީއެމްއަށް ކައުންސިލް އިންތިޚާބުގައި ނުލިބޭ ގިނަ ދާއިރާތަކެއް މިފަހަރު ވަނީ ކާމިޔާބުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.